ސްރީލަންކާގެ ރައީސް ގިތަބަޔަ ރާޖަޕަކްސަ އާއި ބޮޑުވަޒީރު ރަނިލް ވިކްރަމަންހަ

ހަބަރު

ލަންކާގެ ހާލަތު ގޯހުން ގޯހަށް

ދާނިޝް - ލަންކާ | 11 ޖުލައި 2022 , ހޯމަ 14:10   353

ސްރީލަންކާގެ ހާލަތު ގޯހުން ގޯހަށް ވެއްޓި ރައީސް ގޮތަބަޔަ ރާޖަޕަކްސަ ގައުމުގެ ވެރިކަމުން އިސްތިއުފާ ދީފިއެވެ. މިކަން ސްރީލަންކާގެ ބޮޑުވަޒީރުގެ އޮފީހުން ވަނީ ޔަގީންކޮށް ދެއްވާފައެވެ.

ރާޖަޕަކްސަ ގައުމުގެ ވެރިކަމުން އިސްތިއުފާ ދެއްވާފައިވާ ވާއިރު ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަމުން ދާ ފަރާތްތަކުން ވަނީ ރައީސް ރާޖަޕަކްސަ އާއި ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އިސްތިއުފާ ނުދެނީސް މުޒާހަރާ ކުރުން ނުހުއްޓާނެކަމަށް ބުނެފައެވެ. އަދި މުޒާހަރާގެ ބައިވެރިން މިހާރުވެސް ވަނީ ބޮޑިވަޒީރުގެ ގެކޮޅާއި އޮފީހުގައި މުޒާހަރާ ކުރަމުންނެވެ.

ސްރީލަންކާއަށް މި ވަގުތު ކުރިމަތިވެފައިވާ މާލީ އަދި އިޤްތިސާދީ ދަތި ހިތާމަވެރި ހާލަކީ ރައީސް ގޮތަބަޔައާއި ބޮޑުވަޒީރު ރަނިލް ގައުމު ހިންގުމުމަށް ނާގާބިލު ވުމުގެ ސަބަބުން ދިމާވި ހާލަތެއް ކަމަށް މުޒާހަރާގެ ބައިވެރިން ދަނީ ބުނަމުންނެވެ. ސިލްސިލާ ގޮތެއްގައު ކުރަމުން މިދާ މުޒާހަރާ ތަކާއި ގުޅިގެން ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ވަނީ ރާޖަޕަކްސަ އާއި ބޮޑުވަޒީރު ވިކްރަމަސިންހަ އިސްތިއުފާ ދެއްވާނެ ކަން އިއުލާނު ކޮށްފައެވެ. އެ އިއުލާނުގައި ބުނެފައިވަނި މިމަހުގެ 13 ވަނަ ދުވަހު ރަސްމީ ކޮށް ރައީސް ރާޖަޕަކްސަ އިސްތިއުފާ ދެއްވާނެކަމުގައެވެ.

މުޒާހަރާތައް ފެށުމުގެ ކުރިން ރާޖަޕަކްސް ވަނީ ފިއްލަވާފައެވެ. އަދި، އިސްތިޢުފާ ދޭން ނިންމެވި ކަން އިޢުލާނު ކުރެއްވި ނަމަވެސް ފ ޤައުމުގެ ހާލަތާ ގުޅޭ ގޮތުން އޭނާ އެއްވެސް ވާހަކަފުޅެއް ދައްކަވާފައެއް ނުވެއެވެ. ހަމއެހެންމެ ބޮޑުވަޒީރު ވިކްރަމަސިންހަގެ އޮފީހުން ވެސް އިއުލާނު ކޮށްފައިވަނީ އޭނާ އިސްތިއުފާ ދެއްވާނެ ކަމަށް އެކަނިއެވެ.

ޓެގްސް: ސްރީލަންކަން އެއަރލައިންސް ސްރީލަންކާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.