މަރަދޫ ފޭދޫ މަސްތީ އަދި ފޭދޫ ޓީމް، ކުޅުމުގެ ތެރެއިން

ކުޅިވަރު

މަރަދޫ ފޭދޫ ވޯލީބޯލް ޗެލެންޖް 2022 - ފޭދޫ އާއި ބައްދަލުކޮށް 3-2 އިން ކާމިޔާބުކުރީ މަފްސީ ސްޕޯރޓްސް

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 11 ޖުލައި 2022 , ހޯމަ 20:46   594

"މަރަދޫފޭދޫ ކޮމިއުނިޓީ ވޮލީބޯލް ޗެލެންޖް 2022" ގެ ނަމުގައި މިހާރު އައްޑޫ ސިޓީގައި ކުރިއަށްދާ ވޮލީބޯޅަ މުބާރާތުގައި މިއަދު ބައްދަލުކުރީ ފޭދޫ ޓީމާއި މަރަދޫ ފޭދޫ މަސްތީ ޓީމެވެ.

މިމެޗް 3 ސެޓް 2 ސެޓުން ކާމިޔާބުކޮށްފައިވަނީ މަރަދޫ ފޭދޫ މަފްސީ ސްޕޯޓްސް ޓީމުންނެވެ.

މިމެޗުގައި ފިރިހެން އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ފޭދޫ ޓީމްގެ ޖޯޒީ ނަމްބަރު 2، އިނާޔަތުއްﷲ ވަޙީދެވެ. އަދި އަންމެ މޮޅު ކުޅުންތެރިއަކީ ވެސް ފޭދޫ ޓިމުން ޖޯޒީ ނަމްބަރު 10، ފާތިމަތު ރިޝްމާއެވެ.

އިއްޔެ ކުޅުނު މިމުބާރާތުގެ ފުރަތަމަ މެޗުގައި އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓާއި ބައްދަލުކޮށް 3-0 އިން ކާމިޔާބުކުރީ ފޭދޫ ބްރޭވް ހާޓްސް އިންނެވެ. އެންމެ މޮޅު ފިރިހެން ކުޅުންތެރިއަކަށް ހޮވިފައިވަނީ ފޭދޫ ބްރޭވް ހާޓްސްއިން ޖޯޒީ ނަމްބަރު 6، އާދަމް ފައިރޫޒް އެވެ. އޭނާ އަކީ ދިވެހި ގައުމީ ވޮލީ ޓީމުގެ ވެސް ކުޅުންތެރިއެކެވެ. އަދި އަންހެން އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޖޯޒީ ނަމްބަރު 4، އާމިނަތު ޝަފީނާޒެވެ.

މިމުބާރާތުގެ ފައިނަލް މެޗް އޮންނާނީ ޖުލައިމަހުގެ 18 ވަނަ ދުވަހުއެވެ.

މިލިޔުމާއި ގުޅޭ:

މިއަދުގެ މެޗުގެ އިތުރު ފޮޓޯތައް

މިއަދުގެ މެޗް ބަލަން ދިޔަ ދެ ޓީމުގެ ސަޕޯޓަރުން
މިއަދުގެ މެޗްގެ ޝަރަފްވެރިން
ކުޅުމުގެ ތެރެއިން
މަރަދޫ ފޭދޫ މަސްތީ ޓީމްގެ ކުޅުންތެރިއަކު ބޯޅަ އާއިއެކު
ކުޅުމުގެ ތެރެއިން
ޓެގްސް: ވޮލީ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.