ލަންކާގެ ބޮޑުވަޒީރު ގޮޓަބަޔާ އާއި އޭނާގެ ބޮޑުބޭބެ ރާޖަޕަކްސަ

ދުނިޔެ

ކުރިއަށް އޮތް ހަފްތާގައި ލަންކާގައި އާ ރައީސަކު ހޮވަން ތައްޔާރުވަނީ

އަލީ އަޒްޔަން - ލަންކާ | 12 ޖުލައި 2022 , އަންގާރަ 09:54   242

ކޮވިޑްގެ ބަލިމަޑުކަމާއި އެކު، މިފަހުގެ ތާރީހެއްގައި ސްރީލަންކާ އަށް ދިމާނުވާފަދަ ތަދުމަޑުކަމަކާއި ކުރިމަތިލާން ވަނީ ޖެހިފައެވެ.

ސްރީލަންކާއިން ވަނީ އެގައުމުން ދަންކަންޖެހޭ ދަރަނިތައް ނުދެއްކި ގައުމު ބަނގުރޫޓުވެފައިވާކަން ވެސް އިޢްލާންކޮށްފައެވެ.

ގިނަ ޢަދަދެއްގެ ސްރީލަންކާ ރައްޔިތުންވަނީ މަގުތަކަށް ނިކުމެ މުޒާހިރާކޮށް ހަޅުތާލުކޮށްފައެވެ. އަދި ހަމަނުޖެހުންތަކުގައި ގިނަ ބަޔަކަށް ގެންލުންވެ، ބައެއް ސިޔާސީ ފަރާތްތަކުގެ ގެތައް އަންދާލާ މަރާލާފައިވެއެވެ.

ހަމަ މިދަނޑިވަޅާއި ދިމާކޮށް، ސްރީލަންކާގެ ރައީސް މަހިންދަ ގޮޓަބަޔާ އިސްތިއުފާ ދެއްވާނެކަން ވެސް އެގައުމުގެ ގާނޫނުހަދާ މަޖިލީހުން ވަނީ ނިމިދިޔަ ހަފްތާގެ ތެރޭގައި އިއްލާންކޮށްފައެވެ.

ގާނޫނުހަދާ މަޖިލީހުގެ ރައީސް އިއްޔެ ނެރުވިއް ބަޔާނެއްގައި ބުނެފައިވަނީ އާ އިންތިޚާބެއް ބޭއްވުމަށް ތައްޔާރު ވަމުންދާކަމަށާއި، އިންތިޚާބާއި ގުޅޭގޮތުން ހުކުރު ދުވަހު ޖަލްސާއެއް ބާއްވާނެކަމަށެވެ. އަދި ޕާޓިތަކުން އެގޮތަށް ރުހިފައިވާކަމަށާއި، އެޖަލްސާގެ ފަސް ދުވަސް ފަހުން އިންތިޚާބު ބާއްވާނެކަމަށެވެ.

ޓެގްސް: ސްރީލަންކާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.