އޮޒިލް ދަނޑުމަތީގައި

ކުޅިވަރު

އޮޒިލް ފެނަބާޗޭއާ ދެމެދު ހަދައިފައިވާ އުވާލައިފި

ދާނިޝް - ޔޫރަޕް | 12 ޖުލައި 2022 , އަންގާރަ 16:46   179

ޖަރުމަން މިޑްފިލްޑަރ މެސުޖް އޮޒިލް އާއި ތުރުކީގެ ކްލަބް ފެނަބާޗޭއާ ދެމެދު ވެފައިވާ އެއްބަސްވުން އުވާލައިފިއެވެ.

އުމުރުން 33 އަހަރުގެ އޮޒިލް އަކީ މީގެ ކުރިން އާސެނަލް އާއި ރެއާލް މެޑްރިޑަށްވެސް ކުޅެދީފައިވާ މޮޅު ކުޅުންތެރިއެކެވެ. ތުރުކީ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ފެނަބާޗޭއާ ކްލަބާއެކު ހަދައިފައި އެއްބަސްވުން އުވާލީ ދެ ފަރާތުގެވެސް ރުހުމާއެކު އެވެ. އޮޒިލް ފެނަބާޗޭ އާއި ގުޅުނީ މީގެ 18 މަސްދުވަސް ކުރިންނެވެ. މިހާތަނަށް އެ ކްލަބުގައި އޭނާ ކުޅުނު 26 މެޗުގައި އޭނާ ވަނީ މުޅިއެކު 9 ގޯލު ކާމިޔާބު ކޮށްދީފައެވެ.

ތުރުކީ މީޑިއާ ތަކުން ރިޕޯޓު ކުރާ ގޮތުގައި ކުލަބް ދޫކޮށްލަން އޮޒިލް ނިންމީ، މިދިޔަ ޖޫން މަހު ކަލަބާއި ހަވާލުވި އާ ކޯޗު ޖޯޖް ޖީސަސްގެ ޕްލޭންތަކުގައި އޮޒިލް ނުހިމެނޭތީ އެވެ. ޖޯޖް ޖީސަސް ޕްރެސް ކޮންފަރެންސެއްގައި ވާހަކަ ދައްކަމުން އޮޒިލް ދޫކުރުމާއި ބެހޭ ގޮތުން ވާހަކަ ދައްކަމުން އޭނާ ބު ގޮތުގައި، އޮޒިލް އަކީ ރީތި ތާރީހެއް އިތް ދުނިޔޭގައި ވެސް މަގުބޫލު ކުޅުންތެރިއެކެވެ. ނަމަވެސް ކުޅުންތެރިޔާގެ ފުޓުބޯޅަ ކެރިއަރުގެ ނިމުން ގާތް ވެފައިވާކަން އޭނާ ފާހަގަކުރިއެވެ.

ރިޕޯޓްތައްބުނާގޮތުން ފެނަބާޗޭ ދޫކޮށް އޮޒިލް އަންނަނީ ކުރިއަށް އޮތް ސީޒަނަށްތުރުކީގެ އިސްތަންބޫލް ބަސަކްޝެހިރާ ގުޅެން މަޝްވަރާ ކުރަމުންނެވެ.

ޓެގްސް: ފުޓުބޯޅަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.