ސްރީލަންކާގެ ރައީސް ގޮޓަބަޔާ

ހަބަރު

މިލިޓަރީ މަތިންދާބޯޓެއްގައި ލަންކާގެ ރައީސް ގޮޓަބަޔާ ފިއްލަވއިގެން ރާއްޖެއަށް

އަލީ އަޒްޔަން - ކ. މާލެ | 13 ޖުލައި 2022 , ބުދަ 11:00   324

ސްރީލަންކާގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސަ ގައުމުން ބޭރަށް ފިއްލަވައިގެން ވަޑައިގެންފިކަމަށް، އެގައުމުގެ މަތީ ފެންވަރުންގެ އޮފިޝަލުންނާއި ޙަވާލާދީ ބޭރުގެ ނޫސްތަކުން ބުނެފިއެވެ.

ސީއެންއެންގައި ޝާއިއުކޮށްފައިވާގޮތުން، ގޮޓަބަޔާ ވަޑައިގެންނެވީ އޭއެން32 މަރުކާގެ ހަނގުރާމަވެރި ސިފައިން އުފުލާ މަތިންދާބޮޓެއްގައި ދިވެހިރާއްޖޭގެ ވެރިކަންކުރާ ރަށް މާލެއަށެވެ.

އިތުރަށް އެނޫހުގައިވާގޮތުން، އެބޯޓު ފުރަތަމަ ޖައްސަން މަސައްކަތްކުރުމުން ހުރަސް އަޅާފައިވީ ނަމަވެސް، ބޯޓު ޖައްސާފައިވަނީ ގޮޓަބަޔާ އާއި އަރިސް ގުޅުމެއް ބާއްވަމުން އަންނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އެހީތެރިކަމާއި އެކު އެވެ.

މީގެ ކުރިން ވެސް ދެ ފަހަރެއްގެ މަތިން ފިއްލަވަން މަސައްކަތްކުރުމުން ގޮޓަބަޔާ ވަނީ ލަންކާގެ އިމިގްރޭޝަން ސިކިއުރިޓީ އިން ހިފަހައްޓާފައެވެ.

އަދި މިދިޔަ ހޯމަދުވަހު ދުބާޢީ އަށް ދިއުމަށްޓަކައި އަނބިކަނބަލުންނާއެކު ޓިކެޓްވެސް ނަގާފައިވެއެވެ.

ޓެގްސް: ސްރީލަންކާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.