ބަގްލަދޭޝްގެ ރައްޔިތެއްކަމުގައިވާ އަމަލްގިރި

ހަބަރު

މާފަންނު ގެއަކުން "އަމަލްގިރި" ހައްޔަރުކޮށްފި

އަލީ އަޒްޔަން - ކ. މާލެ | 13 ޖުލައި 2022 , ބުދަ 11:13   382

ބަނގްލާދޭޝްގެ ރައްޔިތަކު ކަމުގައިވާ އަމަލްގިރި، ސިޔާސީ އިސް ބައެއް ފަރާތްތަކާއި ބައެއް ވިޔަފާރި ކުރާފަރާތްތަކާއި އެކު އެއްޖިންސުން ގުޅުން ހިންގާ މަންޒަރުތަށް ޢާއްމުވެފައިވަނީ މީގެ ތިން ހަފްތާކުރިންނެވެ.

މިހާތަނަށް އައިއިރު ތަޙްޤީގާއި ގުޅޭ މާގިނަ މަޢްލޫމާތުތަކެއް ޢާއްމުކޮށްފައި ނުވެއެވެ. ނަމަވެސް ފުލުހުން ބުނުފައިވަނީ ގުޅުންހުރި މީހުން ދެނެގަނެވިފައިވާކަމަށާއި، އެފޮޓޯތަކާއި ވީޑިއޯތައް ބޭނުންކޮށްގެން އޭގައިވާ ބައެއްމީހުން ބްލެކްމެއިލް ކުރަމުންދާކަމަށް މީގެކުރިން ފުލުން ބުނެފައިވެއެވެ.

މަޢްލޫމާތު ލިބިފައިވާގޮތުގައި އަމަލްގިރި ހައްޔަރުކޮށްފައިވަނީ މާފަންނުގައި ހުރި އޭނާ ދިރިއުޅެމުން އައި ގެސްޓްހައުސްގައި ހުއްޓައެވެ.

މީގެ ކުރިން އޭނާ ހިންގާފައިވާ ޢަމަލްތަކަށް އިޢްތިފްވެ ދިވެހިންގެ ކިބައިން މާފަށް އެދެފައިވާ ވީޑިއޯއެއް ވެސް ސޯޝަލްމީޑިއާގައި ޢާއްމުވެފައިވެއެވެ.

މިމައްސަލަ އާއި ގުޅިގެން ނާޒިމް ސައްތާރު އާއި މުހައްމަދު ނަޝީދު (ކާނަލް) ގެ ޕާސްޕޯޓް ވެސް ވަނީ ހިފަހައްޓާފައެވެ.

ޓެގްސް: ޖިންސީ ކުށްކުރުން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.