ޗައިނާގެ ޝަންގްހާއީގެ މަންޒަރެއް

ހަބަރު

ޝަންގްހާއީގައި ކޯވިޑްގެ އާ ވޭރިއެންޓެއް ފެތުރެނީ

ދާނިޝް - އައްޑޫ އަތޮޅު | 13 ޖުލައި 2022 , ބުދަ 13:25   338

ޗައިނާގެ ޝަންގްހާއީގައި ކޯވިޑް-19 ގެ އައު ވޭރިއަންޓެއް ލަޔުވި ކަމާއެކު ފެތުރެން ފަށައިފި ކަމަށް އެކައުމުގެ މީޑީއާ ތަކުން ރިޕޯޓުކޮށްފިއެވެ. މި އައު ވޭރިއަންޓަކީ އޮމިކްރޯންގެ ސަބްވޭރިއަންޓެއް ކަމަށްވާ ބީ.އޭ. 1.2.5 ވޭރިއަންޓެވެ. އޮމިކްރޯންގެ ބީ.އޭ.5 ވޭރިއަންޓް އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވި ކަމާއެކު ފެތުރެމުންދާ ވޭރިއަންޓެކެވެ.

އެ ގައުމުގެ މީޑިއާ ރިޕޯޓުތައް މައުލޫމާތު ދޭގޮތުގައި މި ވޭރިއަންޓްގެ ފުރަތަމަ ކޭސް ފެނިފައި ވަނީ ޕުޑޯންގ ޑިސްޓްރިކްޓްއިން ބޭރު ގައުމަކަށް ދަތުރު ކޮށްފައި އެނބުރި ގައުމަށް އައި މީހެއްގެ ފަރާތުންނެވެ. އައު ވޭރިއެންޓެއް ފެތުރެން ފަށާފައި ވާއިރު ޝަންގްހާއީގެ ފުރަބަންދުގެ ހާލަތު އުވާލެވުނީ މިދިޔަ ޖޫން މަހުގެ ފުރަތަމަ ދުވަހުގައި ކަން ފާހަގަކޮށް ލެވެއެވެ. އެހެންނަމަވެސް ޗައިނާގައި ތަންފީޒު ކުރަމުންދާ ޒީރޯ ކޮވިޑް ސިޔާސަތުގެ ދަށުން، ކޭސްތައް ފެންނަ ހުރިހާ ސަރަޙައްދެއް ބަންދުކޮށް އެ ހިސާބުގައި ދިރިއުޅޭ ހުރިހާ ރައްޔިތުން ޓެސްޓު ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ޗައިނާގެ ސިއްހަތާއި ބެހޭ ކޮމިޝަނުން މައުލޫމާތު ދެއްވާ ގޮތުގައި ކޯވިޑް-19 ގެ އައު ވޭރިއަންޓެއް ފެތުރެން ފެށުމާއި ގުޅިގެން މިހާރު ތަންފީޒު ކުރަމުންދާ ފުރަބަންދުގެ ފިޔަވަޅުތަކަށް ބަދަލުތަކެއް އައުން އެކަށީގެން ވެއެވެ. އަދި މި މަހުގެ 12 އަދި 14 ވަނަ ދުވަހު ޝަންގްހާއީގެ ގިނަ ޑިސްޓްރިކްޓު ތަކުގައި ދިރިއުޅޭ ރައްޔިތުން ކޮވިޑަށް ޓެސްޓް ހެދިގެންދާނެކަމަށް ވެސް އެ ކޮމިޝަނުން ބުނެއެވެ.

ޓެގްސް: ޗައިނާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.