އެމެރިކާގެ އުފެއްދުންތެރިކަމުގެ ސިނާއަތުގެ ތެރެއިން

ދުނިޔެ

އެމެރިކާގެ އިޤްތިސާދީ ދުވެލި މަޑުވެދާނެކަމުގެ އިންޒާރު

ދާނިޝް - އެމެރިކާ | 16 ޖުލައި 2022 , ހޮނިހިރު 09:22   265

އެމެރިކާގެ އިޤްތިސާދީ ދުވެލި ޙަރަދުކރަ މިންވަރު މަދުވުމާއި ގުޅިގެން 2.3 އިންސައްތަ މަޑުވެދާނެކަމަށް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން އަނެއްކާވެސް އިންޒާރުކޮށްފިއެވެ.

އައިއެމްއެފް އިން އަންދާޒާ ކޮށްފައިވާ މި އަދަދު މިދިޔަ ޖޫން މަހާއި ހަމައަށް ހުރީ 2.9 އިންސައްތާގައެވެ. ދުނިޔޭގެ އެންމެ ނުފޫޒުގަދަ ގައުމުތަކުގެ ތެރޭގައި ހިމެނޭ އެމެރިކާގެ އިޤްތިސާދަށް އިންފްލޭޝަންގެ ސަބަބުން ކުރަމުންދާ އަސަރު ތަކުގެ ނަތީޖާ ދަނީ ސިދާ ގޮތުންނާއި ނުސީދާ ގޮތެއްގައި މުޅި ދުނިޔޭގެ އިޤްތިސާދަށްވެސް ކުރަމުން ކަމަށް މާހިރުން ވިދާޅުވެއެވެ. އެ ޤައުމުގެ ޖީޑީޕީ ކުރިއަރާނެކަމަށް ލަފާކުރާ އިންސަންތަ 1.7% އިން 1.0% އަށް ދަށްކޮށްފައިވާއިރު އެ ގައުމުގައި ތަންފީޒު ކުރަމުންދާ ހަރުކަށި މާލީ ސިޔާސަތުތައް ހަރުކަށި ކޮށްފިނަމަ އަންނަ އަހަރުގެ 4 ވަނަ ކުއާޓަރ ނިމުމުގެ ކުރިން އިންފްލޭޝަން ރޭޓް 1.9% އަށް ދަށްވާނެކަމަށް އައިއެމްއެފް އިން ލަފާކުރެއެވެ. މިއާއެކު އެމެރިކާގެ އިޤްޠިޞާދީ ދުވެލި މަޑުޖެހުންނަމަވެސް އެމެރިކާ ރެސެޝަނަކަށް ނުދާނެކަމަށް އައިއެމްއެފް އިން ލަފާކުރެއެވެ.

ޓެގްސް: އެމެރިކާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.