މިއަހަރުގެ އެކްސްޕޯގައި ޚާއްސަ މެޙްމާނެއްގެ ގޮތުގައި މިސް ސާބިއާ 2021 އަންޖާ ރެޑިކް ބައިވެރިވާނެ

ހަބަރު

ސަދަން މޯލްޑިވެސް ބިޒިނަސް އެކްސްޕޯ ދެވަނަ އެޑިޝަން: މި މަހުގެ 28 ގައި ފެށުމަށް ތައްޔާރުވަނީ

ދާނިޝް - އައްޑޫ އަތޮޅު | 17 ޖުލައި 2022 , އާދީއްތަ 21:10   611

ޓައިޓަން މޯލްޑިވްސް އިން އިންތިޒާމު ކޮށްގެން 2019 ވަނަ އަހަރު ބޭއްވުނު ސަދަން މޯލްޑިވްސް ބިޒިނަސް އެކްސްޕޯގެ ދެވަނަ އެޑިޝަން ބޭއްވުމުގެ ތާރީޙު އެ އެޖެންސީއިން އިއުލާނުކޮށްފިއެވެ.

އެކްސްޕްރެސް ނޫހަށް މައުލޫމާތު ދެއްވަމުން ޓައިޓަން މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ޝަރީފު ވިދާޅުވީ މިއަހަރުގެ ބިޒިނަސް އެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައި ވަނީ ޖުލައި މަހުގެ 28-30 އަށް އައްޑޫސިޓީ ހިތަދޫ، އައްޑޫހައި ސްކޫލުގައެވެ. 3 ދުވަހުގެ މުއްދަތައް ބާއްވާ މި އެކްސްޕޯއަކީ މާލެއިން ފެށިގެން ރާއްޖޭގެ ދެކުނަށް ހުރި ޓޫރިޒަމް ދާއިރާ އާއި އެހެނިހެން ދާއިރާ ތަކުގެ ވިޔަފާރިތަކަށްވެސް، ޙާއްސަ ގޮތެއްގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ޤާއިމުވެގެންދިޔަ ޕްލެޓްފޯމެކެވެ. މި އެކްސްޕޯގެ މަޤްސަދަކީ މިހުރިހާ ވިޔަފާރިތަކެއް އެއް ޕްލެޓްފޯމެއްގެ ތެރެއިން ގުޅުވާލަ ދިނުމެވެ. ޝަރީފު ވިދާޅުވި ގޮތުގައި 2019 ވަނަ އަހަރުގެ އެކްޕޯއަށް ފަހު އެކްސްޕޯގެ ދެވަނަ އެޑިޝަން އާއި ދެމެދު މެދުކެނޑުމެއް މިއައީ މުޅި ދުނިޔެއަށް ކުރިމަތިވި ކޯވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެންނެވެ. މި އެކްސްޕޯއަކީ ބޭރު ޤައުމުތަކުގެ އިންވެސްޓަރުންވެސް ބައިވެރިވާ އެކްސްޕޯއެއް ކަމުން ހާލަތާއި ވަގުތަށް ބެލުމަށް ފަހު އެކްސްޕޯ ބޭއްވުން ފަސްކުރީ ކަމަށް އޭނާ ވިދާޅުވިއެވެ.

އެގްޒިބިޝަންއަކާއި ޕެނަލް ޑިސްކަޝަން އަދި ބިޒިނަސް ފޯރަމެއް ހިމެނޭހެން 4 ބަޔަކަށް ބަހައިލެވިފައިވާ މި އިވެންޓް ވަނީ އެކި އެކި ސެގްމަންޓް ތަކަކަށް ބެހިފައެވެ.

  1. ޓުއާ އޮޕަރޭޓާސް އާއި ރިސޯޓް، ގެސްޓްހައުސް އަދި އެއަރލައިންސް
  2. ޓްރޭޑިން އަދި ލޮޖިސްޓިކްސް
  3. ތައުލީމާއި ސިއްހީ ދާއިރާ
  4. ފައިނޭސް އެންޑް އިންޝުއަރެންސް

މި ދާއިރާއަކީ މި ޒަމާނުގެ ވިޔަފާރިތައް ހިންގުމުގައި މުހިންމު ދައުރެއް އަދާ ކުރާ ދާއިރާއެކަށް ވާއިރު މިއެކްސްޕޯގެ ތެރެއިން ވިޔަފާރިތައް ހިންގަވާ ފަރާތްތަކަށް ފައިނޭސް އަދި އިންޝުއަރެންސް މުހިންމުވާ ސަބަބުތައް ކިޔައިދެވި މައުލޫމާތު ދެވުގެން ދާނެއެވެ. 2019 އަހަރުގެ އެކްސްޕޯގައި އެލައިޑް އިންޝުއަރެންސް އަދި މޯލްޑިވްސް އިސްލާމިކް ބޭންކް އިން ވެސް މި އެކްސްޕޯގައި ބައިވެރިވި ކަން ފާހަގަކޮށްލެވެއެވެ.

ބިޒްނެސް ފޯރަމްގެ ޚާއްސަ ސްޕީކާއެއްގެ ގޮތުން ސާބިއާގެ މަޝްހޫރު ވިޔަފާރިވެރިއެއް ކަމަށްވާ ވެސްނާ ޑީ ވިންޗާ ބައިވެރިވާނެއެވެ.

ހަމައެހެންމެ 2019 ވަނަ އަހަރުގެ އެކްސްޕޯއާއި ހިލާފަށް 5 ވަނަ ސެގްމަންޓަކީ މިއަހަރުގެ އެކްސްޕޯގައި އަލަށް ހިމެނިގެން ދާނެ ސެގްމެންޓެއްކަމަށް އެފަރާތުން މަޢްލޫމާތު ދެއްވައެވެ. މިސެގްމެންޓްގެ ތެރެއިން، ތިމާވެއްޓާއި ގުޅުވާލައި ދެމެހެއްޓެނިވި ހަކަތަ ނުވަތަ ޢިއާދަކުރަނިވި ހަކަތަ ބޭނުންކުރުން އިތުރުކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށް ޚިޔާލުބަދަލުކުރެވިގެންދާނެއެވެ. އަދި ކޮންމެ ސެގްމަންޓަކަށް ވަކިން ޕެނަލެއްވެސް ވަނީ ގާއިމުކުރެވިފައިވާނެއެވެ.

މި އެކްސްޕޯއަކީ އެހެން އެކްސްޕޯތަކާއި އަޅާ ބަލައިރު ވަރަށް ކުލަގަދަ އެހާމެ ތަފާތު އެކްސްޕޯއެކެވެ. އަލަށް ފަށައިގަންނަ ވިޔަފާރި ތަކަށާއި ކުދި އަދި މެދުފަންތީގެ ފިޔަފާރިތައް ކުރައްވާ ފަރާތްތަކަށް މި އެކްޕޯ ވެގެންދާނީ ބޭނުންތެރި ރަނުގެ ފުރުސަތަކަށެވެ. ވިޔަފާރީގެ ދާއިރާއަށް އަލަށް ނިކުންނަ އަންހެން ކަނބަލުންނަށާއި 2019 ވަނަ އަހަރުގެ އެކްސްޕޯގައި ބައިވެރިވި ފަރާތްތަކަށް ޓައިޓަން މޯލްޑިވްސް އިން ވަނީ 20 ޕަސެންޓްގެ ޑިސްކައުންޓެއް ދިނުމަށްވެސް ނިންމާފައެވެ.

މިސް ސާބިއާ 2021 އަންޖާ ރެޑިކް އަދި ޓީވީ ހޯސްޓް ސެޒްނާ

2019 ވަނަ އަހަރު ބޭއްވިގެން ދިޔަ އެކްސްޕޯގައި ޖުމުލަ 45 އެގްޒިބިޓަރުން ޝޯކޭސްވެގެން ދިޔައިރު ދުނިޔޭގެ އެކި ކަންކޮޅުތަކުން އިންވެސްޓަރުންވެސް މި އެކްސްޕޯގައި ބައިވެރި ވެގެންދިޔައެވެ. އެގޮތުން އިނގިރޭސިވިލާތް، އަޔަލޭންޑް، ރަޝިއާ، ސާބިއާ، ފްރާންސް، މެލޭޝިއާ، ސިންގަޕޫރު، ކަޒިކިސްތާން، ޔޫކްރެއިން، އިންޑިއާ އަދި ސްރީލަންކާ ގެ އިންވެސްޓަރުން ހިމެނެއެވެ.

މި އަހަރުގެ އެކްސްޕޯ ސްޕޮންސަރ ކުރަނީ ކެނަރީފް ރިސޯޓްއިންނެވެ. ހަމައެއާއެކު މި އިވެންޓްގެ ހުޅުވުމުގެ ރަސްމިއްޔާތާއި ނިމުމުގެ ރަސްމިއްޔާތު ވަގުތުން ދުރަށް ދައްކާނެއެވެ. އަދި އެކްސްޕޯގެ ތެރެއިން ވިޔަފާރީގެ ދާއިރާގައި ފާހަގަ ކޮށްލެވޭ ފަރާތްތަކަށް ވަރަށް ޚާއްސަ އެވޯރޑްތަކަކާއި އެކު ގާލާ ނައިޓް އެއް ބޭއްވިގެންދާނެކަމަށް އެކްސްޕޯ އިންތިޒާމްކުރައްވާ ފަރާތުން މަޢްލޫމާތު ދެއްވައެވެ.

މި އަހަރުގެ އެކްސްޕޯގައި ޚާއްޞަ މެޙްމާނެއްގެގޮތުން މިސް ސާބިއާ 2021، އަންޖާ ރެޑިކް، ބްރޭންޑް އެމްބެސެޑަރެއްގެ ގޮތުން ބައިވެރިވާނެއެވެ. އަދި އެކްޕޯ ހުޅުވުމުގެ ރަސްމިއްޔާތާއި ނިންމުމުގެ ރަސްމިއްޔާތު ހުށަހަޅުއްވައިދެއްވާނީ ސާބިއާގެ މަޝްހޫރު ޓީވީ ހޯސްޓް މިސް ސެޒްނާ އެވެ.

ޓެގްސް: އެކްސްޕޯ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.