ބްލެކް ޕެންތާގެ ޕޯސްޓަރެއް ފިލްމީ ތަރި ޑޭނިއަލް ކިލުޔާ އާއި އެކު

ހަބަރު

ބްލެކް ޕެންތާގެ ދެވަނަ ބައިގެ ކާސްޓަށް ބަދަލުތަކެއް

ދާނިޝް - އައްޑޫ އަތޮޅު | 16 ޖުލައި 2022 , ހޮނިހިރު 13:42   427

ބޮކްސް އޮފީހުގެ މަޝްހޫރު ސުޕަހީރޯ ފިލްމު "ބްލެކް ޕެންތާ" ގެ ދެވަނަ ބައިގެ ކާސްޓަށް ބަދަލުތަކެއް އައިސްފިކަން ހާމަވެއްޖެއެވެ.

2018 ވަނަ އަހަރު ގެނެސްދިން މި ފިލްމުގެ ސީކުއެލް މިއަންނަ ނޮވެމްބަރ މަހު ނިކުންނާނެ ކަމަށް ބުނެފައިވާ އިރު މި ފިލްމުގެ ފުރަތަމަ ބައިގެ ވަކާބީގެ ރޯލުން ފެނިގެންދިޔަ ޑޭނިއަލް ކިލުޔާ ސީކުއެލް އިން ނުފެންނާނެކަން މިވަނީ ޔަޤީންވެފައެވެ. ވަކާބީގެ ރޯލުން ދެން ނުފެންނާނެ ކަން ޔަގީންކޮށްދެމުން ޑޭނިއަލް މީޑިއާ ތަކަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ، ސީކުއެލްގައި ބައިވެރިވި ނުވެ ފިލްމުގެ ކާސްޓުން އޭނާ ވަކިވީ އެ ފިލްމަށް ވަގުތު ދެވެން ނެތުމުންނެވެ.

ޑޭނިއަލް މިވަގުތު ދަނީ އޭނާގެ ކުރިއަށް އޮތް ފިލްމު "ނޮޕް" ގެ މަސައްކަތް ކުރަމުންނެވެ. އެފްރިކާ ބައްރުގައި އޮންނަ ހިޔާލީ ރަށެއް ކަމަށްވާ ވަކަންޑާގެ ރަސްކަމުގެ ތެރޭގައި ހިނގާ ހާދިސާތަކެއް ކިޔައިދިން "ބްލެކް ޕެންތާ" ލިޔެ، ޑައިރެކްޓް ކުރަނީ ރަޔަން ކުލާއެވެ.

މި ފިލްމުގެ ދެވަނަ ބައިގެ ކާސްޓުގެ ތެރޭގައި ހިމެނެނީ މައިކަލް ބީ ޖޯޑަން، ޝާޑްވިކް ބޯޒްމަން، ލުޕިޓާ ނިއޮންގޯ، ޑާނިއާ ގްރީރާ، ޑެނިއެލް ކަލުޔާ، މާޓިން ފްރީމަން، ލެލިޓިއާ ރައިޓް، އެންޖެލާ ބެޒެޓް، އެންޑީ ސާކިސް އަދި ފޮރެސްޓް ވިޓޭކާއެވެ.

2019 ވަނަ 3 އޮސްކާ އެވޯޑް (އެންމެ މޮޅު ކޮސްޓިއުމް ޑިޒައިން، އެންމެ މޮޅު އޮރިޖިނަލް ސްކޯ އަދި އެންމެ މޮޅު ޕްރޮޑަކްޝަން ޑިޒައިން އެވޯޑް) ހާސިލްކޮށްފައިވާ "ބްލެކް ޕެންތާ" ގެ ފުރަތަމަ ބަޔަށް ވަނީ ޖުމުލަ 1.347 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައެވެ.

ޓެގްސް: ހޮޅިވުޑް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.