ޗައިނާގެ މަންޒަރެއް

ވިޔަފާރި

ޗައިނާގެ އިޤްތިސާދީ ދުވެލި ދަށަށް

ދާނިޝް - އޭޝިއާ | 16 ޖުލައި 2022 , ހޮނިހިރު 15:38   213

ކޯވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ދިމާވި ޖޮންޖެހުންތަކާއި ދަތިކަމާއި ހެދި ވިޔަފާރިތަކަށް ކުރި ނޭދެވޭ އަސަރުގެ ނަތީޖާއެއްގެ ގޮތުން ޗައިނާގެ އިޤްތިސާދީ ދުވެލި މިއަހަރުގެ ދެވަނަ ކުއާޓަރގައި ވަރަށް ބޮޑަށް ދަށްވެއްޖެކަމަށް އެ ގައުމުގެ މީޑިއާ ތަކުން ރިޕޯޓު ކޮށްފިއެވެ.

އެ ޤައުމުގެ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ޖޫން މަހުގެ ނިޔަލަށް އެގައުމުގެ ގްރޮސް ޑޮމެސްޓިން ޕްރޮޑަކްޓް (ޖީޑީޕީ) ވަނީ 2.6% ދަށަށް ވެއްޓިފައެވެ. މީގެ ކުރިން އެގައުމުގެ އިޤްތިސާދީ ދުވެލި 1% ކުރިއަރާނެކަމަށް ލަފާ ކޮށްފައިވާ ވީނަމަވެސް ޖޫން މަހުގެ ނިޔަލަށް އެ ޤައުމުގެ އިޤްތިސާދު ކުރިއަރައިފާ ވަނީ އެންމެ 0.4% ޕަސެންޓަށެވެ.

ދުނިޔޭގެ އިޤްތިސާފު ދިރާސާކުރައްވާ މާހިރުން ވިދާޅުވައި ގޮތުގައި މިއީ ފަހުގެ ތާރީހެއްގައިވެސް ޗައިނާގެ އިޤްތިސާދީ ދުވެލި އެންމެ ބޮޑަށް މަޑުޖެހުނު ފަހަރު ކަމުގައެވެ. ބެލެވޭ ގޮތުގައި ފުރަބަންދުގެ ހާލަތު އުވާލުމުން ވިޔަފާރިތައް ހުޅުވި އިޤްތިސާދީ ދުވެލި ކުރިއަރައިގެންދާނެ ކަމުގައެވެ. ހަމައެހެންމެ ޗައިނާގެ އިޤްތިސާދީ ދުވެލި ދަށްވެފައި ވީނަމަވެސް އެ ގައުމުގެ ރީޓެއިލް ވިޔަފާރިތައް ރަނގަޅުވެފައިވާ ކަމަށް މާހިރުން ދެކެއެވެ.

ޓެގްސް: ޗައިނާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.