ވޯލްޑް ޗެމްޕިއަންޝިޕްގައި ސާއިދު ދުވަނީ

ހަބަރު

ސާއިދު އެމެރިކާގައި، ވޯލްޑް ޗެމްޕިއަންޝިޕް ފުރަތަމަ ބުރުގައި އޭނާ ދިޔައީ ފަސްވަނައަށް

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 17 ޖުލައި 2022 , އާދީއްތަ 10:32   439

މިހާރު އެމެރިކާގެ އޮރިގަން ސްޓޭޓްގައި ކުރިއަށްދާ، ވޯލްޑް އެތްލެޓިކްސް އިން އިންތިޒާމްކޮށްގެން ބާއްވާ "ވޯލްޑް އެތްލެޓިކްސް ޗެމްޕިއަންޝިޕް" ގައި ރާއްޖޭގެ ކުޅަދާނަ އެތްލީޓް, ހުސެން ސާއިދު (30އ) ވާދަކޮށްފިއެވެ.

އޭނާ ވަނީ މިމުބާރާތުގައި ފުރުތަމަ ބުރުގައި ދުވެ، 100 މީޓަރުގެ ރޭސް ނިންމާފައިވަނީ 10.83 ސިކުންތުންނެވެ. އަދި ޕްލިމިނަރީ ބުރު ނިންމާފައިވަނީ 10.77 ސިކުންތުންންނެވެ.

މިނަތީޖާ އާއި އެކު އޭނާ ވަނީ އަށް ވަނީ މުބާރާތުގައި އިތުރަށް ކުރިއަށް ދިއުމުގެ ފުރުޞަތު ގެއްލިފައެވެ. އޭނާއަށްވުރެ ހަތަރު ދުވުންތެރިއަކު ވީ ކުރީގައެވެ. ސާއިދު ބައިވެރިވި ދުވުމުގައި އެންމެ އަވަހަށް ނިންމާފައިވަނީ ޕެރަގުއޭގެ ދުވުންތެރިޔާ ސެޒާ އަލްމިރޯން އެވެ. އޭނާ ހީޓް ނިންމީ 10.49 ސިކުންތުންނެވެ.

މިމުބާރާތަށްފަހު މިމަހު ފަހުކޮޅުގައި އިނގިރޭސިވިލާތުގައި އޮންނަ ކޮމަންވެލްތް ގޭމްސްގެ އިތުރުން އަންނަމަހު ތުރުކީގައި އޮންނަ އިސްލާމިކް ސޮލިޑަރިޓީ ގޭމްސްގައިވެސް ބައިވެރިވާނެއެވެ.

އެންމެ ފަހުން މިމުބާރާތް ބާއްވާފައިވަނީ ގަތަރުގެ ވެރިރަށް ދޯހާގައި ހުން ޚަލީފާ އިންޓަނޭޝަނަލް ސްޓޭޑިއަމްގައި، 2019 ވަނަ އަހަރުއެވެ.

ޓެގްސް: އެތްލެޓިކްސް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.