ޔޫކްރެއިނުގެ ރައީސް (ވޮލޮޑޮމީރް ޒެލެންސްކީ)

ދުނިޔެ

ޔޫކްރެއިންގެ ސެކިއުރިޓީ ވެރިޔާ އާއި ޕްރޮސެކިއުޓާ ޖެނެރަލް މަޤާމުން ދުރުކޮށްފި

ދާނިޝް - ޔޫރަޕް | 18 ޖުލައި 2022 , ހޯމަ 15:10   450

ޔޫކްރެއިންގެ ޕްރޮސެކިއުޓާ ޖެނެރަލާއި ސެކިއުޓީގެ ވެރިޔާ މަޤާމުން ދުރުކޮށް ރައީސް ވޮލޮދިމީރު ޒެލެންސްކީ ސަރުކާރުގެ ބައެއް އިސް ވެރިންނަށް ބަދަލުތަކެއް ގެނެސްފިއެވެ.

ޒެލެންސްކީ ނެރުއްވި އަމުރުގައި މަގާމުން ދުރުކޮށްފައިވަނީ ޕްރޮސެކިއުޓާ ޖެނެރަލް އިރީނާ ވެނެޑިކްޓޮވާ އާއި އިވާން ބެކަނޯފް އެވެ.

މިކަމާއި ގުޅިގެން ރައީސް ޒެލެންސްކީ ނެރުއްވި ބަޔާނުގައި ބުނެފައިވަނީ ސަރުކާރުގެ އިސް ވެރިންގެ މަޢާމުގައި ތިއްބަވައި ޤައުމުގެ ޒިންމާ އަދައި ކުރައްވަން ހަވާލުކޮށްފައިވާ ލީޑަރުންގެ އަމަލުތައް ވަރަށް ގާތުން ބައްލަވަމުން ގެންދަވާ ކަމުގައެވެ. އަދި ގައުމަށް އިހާނާތްތެރިވާ މީހުންގެ މައްސަލަ އެ ގައުމުގައި ބޮޑުކަން ފާހަގަ ކުރައްވަމުން އޭނާ ވަނީ ސަރުކާރުގެ ވެރިންނަށް ނިސްބަތްކޮށް އިންޒާރުގެ ބަސްފުޅެއްވެސް ވިދާޅޫވެފައެވެ. މިގޮތުން އޭނާ ވިދާޅުވީ ސަރުކާރުގެ ސިޔާސަތާއި ޙިލާފުވާ ވެރިން ޖަވާބުދާރީ ވާން ޖެހޭނެކަމުގައެވެ.

ރައީސް ޒެލެންސްކީ މިފަދަ މޭރުމަކުން ވާހަކަދައްކަވާފައި ވާއިރު އެ ޤައުމުގެ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ޒެލެންސްކީގެ ސަރުކާރުގެ ވެރިންގެ މެދުގައި ހިޔާލު ތަފާތުވުންތަކެއް ވަނީ އުފެދިފައެވެ. އަދި ބައެއް އޮފިޝަލުން މިހާރު ހިނގަމުންދާ ހަނގުރާމައިގައިވެސް ރަޝިއާ ކޮޅަށް ބަރުވެފައިވާ ކަމުގެ ތުހުމަތުތަކެއްވެ ފެންމަތިވަމުންދާ ކަމުގައިވެސް އެގައުމުގެ މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ރަޝިއާ، ޔުކްރޭން ހަނގުރާމައަށް ފަސްމަސް ވެފައިވާއިރު ބަދަލުކުރަމުންދާ ހަމަލާތަކުގެ ސަބަބުން، އެ ޤައުމު އަލުން ބިނާކޮށް އިޤްތިސާދު ނަގައި ކޮޅަށް ޖެހުމަށް އެތައް އަހަރުތަކެއް ނަގާނެ ވަރަށް ފަނާވެފައެވެ. އެހެންނަމަވެސް ރައީސް ޒެލެންސްކީގެ ވިސްނުން ހުރީ ހަނގުރާމަ ކާމިޔާބުކުރުމަށެވެ.

ޓެގްސް: ޔޫކްރެއިން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.