ޖެނިފާ ލޯޕޭޒް އާއި ބެން އެފްލެކް

މުނިފޫހިފިލުވުން

ޖެނިފާ ލޯޕޭޒް އާއި ބެން އެފްލެކް ކައިވެނިކޮށްފި

ދާނިޝް - އެމެރިކާ | 18 ޖުލައި 2022 , ހޯމަ 14:56   190

އެމެރިކާގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ޖެނިފާ ލޯޕޭޒް އާއި ބެން އެފްލެކް މިދިޔަ ހޮނިހިރު ދުވަހު އެމެރިކާގެ ލަސް ވެގަސް ސިޓީގައި ކައިވެނިކޮށްފިއެވެ.

މި ދެ ތަރިންގެ ކައިވެނީގެ ބައެއް ފޮޓޯތައް ހާމަކޮށްފައިވާއިރު ޖެނިފާ ބުނެފައިވަނީ ކައިވެނި ކުރެވުމުން ވަރަށް އުފާވާ ކަމަށާއި ކައިވެނީގެ ކަންކަން ދިޔައީ ވަރަށް ފުރިހަމައަށް ކަމަށެވެ. ޖެނިފާ އާއި އެފްލެކް އަކީ ކުރިންވެސް ލޯބީގެ ގޮތުން ގުޅުމަށްފަހު އެންގޭޖުވެ ދުރުވި ދެ ތަރިންނެވެ.

އުމުރުން 49 އަހަރުގެ ބެން އެފްލެކް އާއި އުމުރުން 52 އަހަރުގެ ޖެނިފާ ދެވަނަ ފަހަރަށް އެންގޭޖުވީ މިދިޔަ އެޕްރީލް މަހުގަ އެވެ. ހަމައެހެންމެ އެ ދުރުވުމަށް ފަހު ދެ ތަރިނަށް ވެސް ވަނީ ދަރިން ލިބިފައެވެ. މިގޮތުން ޖެނިފާގެ އެއްމާބަނޑު ދެ ކުދިން ލިބިފައިވެއެވެ. އަދި އެފެލެކެގެ ތިން ކުދިން ތިބެއެވެ.

ޓެގްސް: ހޮޅިވުޑް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.