ލިސަންޑްރޯ މާޓިނޭޒް ދަނޑުމަތީގައި

ކުޅިވަރު

ލިސަންޑްރޯ މާޓިނޭޒް މެންޗެސްޓާއަށް

ދާނިޝް - ޔޫރަޕް | 19 ޖުލައި 2022 , އަންގާރަ 10:38   316

މިދިޔަ ސީޒަނުގައި އަޔެކްސް އަށް ކުޅުނު ޒުވާން ޑިފެންޑަރު ލިސަންޑްރޯ މާޓިނޭޒް، މެންޗެސްޓާ ޔުނައިޓެޑަށް ގެންގޮސްފިއެވެ.

އާޖެންޓީނާގެ ޒުވާން ޑިފެންޑަރު އުމުރުން 24 އަހަރުގެ މާޓިނޭޒް، ވަނީ 2021 ވަނަ އަހަރާއި 2022 ވަނަ އަހަރުގެ ލީގް ޗެމްޕިއަންސްކަން އަޔެކްސް އާއެކު ހޯދައިފައެވެ. އަދި މިދިޔަ އަހަރުގެ ނެދަލެންޑްސް ކަޕް ވެސް އޭނާ ވަނީ ކާމިޔާބު ކޮށްފަ އެވެ. ހަމަމިއާއެކު މިދިޔަ ސީޒަނުގައި ކްލަބްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމުވެސް އޭނާ ވަނީ ހޯދައިފައެވެ.

މާޓިނޭޒް ވަނީ ޔުނައިޓެޑަށް އޭނާ ޓްރާންސްފާ ވާނެކަން ޔަގީންކޮށްދީފައެވެ. އަދި މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ޔުނައިޓެޑުން އަންނަނީ ކުޅުންތެރިޔާ ފަސް އަހަރުދުވަހުގެ ކޮންޓްރެކްޓެއްގައި ސޮއިކުރުވަން ތައްޔާރު ވަމުންނެވެ. އަދި ޔުނައިޓެޑުން އޭނާ ގެންދިއުމަށް 58 މިލިއަން ޑޮލަރު ދައްކަން ޖެހޭއިރު އެންޑޯސްގެ ގޮތުގައި 10 މިލިއަން ޑޮލަރު ދައްކަން ޖެހޭނެއެވެ. އަދި ޖުމުލަކޮށް 2.6 މިލިއަން ޑޮލަރުގެ ފާއިދާއެއް މި ޓްރާންސްފާއިން އަޔެކްސްއަށް ލިބިގެން ދާނެއެވެ.

އަޔެކްސް އަށް 2019 ވަނަ އަހަރު ބަދަލު ވުމުގެ ކުރިން މާޓިނޭޒް ވަނީ އާޖެންޓީނާ ލީގުގެ ޑިފެންސާ ވައި ޖަސްޓީޝިއާ އަދި ނިއު ވޭލްސް އޯލްޑް ބޯއީޒް އަށް ކުޅެދީފައެވެ. މީގެއިތުރުން އާޖެންޓީނާ ގައުމީ ޓީމަށް 2019 ވަނަ އަހަރު އޭނާ ވަނީ ކުޅެން ފަށައިފައެވެ. އެގޮތުން މާޓިނޭޒް ވަނީ މިހާތަނަށް ގައުމީ ޖޯޒީގައި ނުވަ މެޗު ކުޅެދީފަ އެވެ.

ރަސްމީކޮށް ޔުނައިޓެޑްގެ ކުޅުންތެރިއެއްގެ ގޮތުގައި މާޓިނޭޒް ދައްކާލުން އޮތީ، މެޑިކަލް އާއި އެގްރީމަންޓުތަކުގެ އިތުރުން އޭނާގެ ވޯކް ޕާމިޓްގެ ކަންކަން ފުރިހަމަ ވުމުންނެވެ.

ޓެގްސް: ފުޓުބޯޅަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.