އޯޕެކްގެ އޮފީސް އިމާރާތެއް

ދުނިޔެ

ތެޔޮ އުފައްދާ މިންވަރު އިތުރުކޮށް، އަގަށް ހެޔޮ ބަދަލު އަންނާނެކަމުގެ ޢިޝާރާތެއް

ދާނިޝް - ޔޫރަޕް | 19 ޖުލައި 2022 , އަންގާރަ 14:03   241

އޯޕެކް ޤައުމުތަކުން އުފައްދާ ތެލުގެ މިންވަރު އިތުރުކޮށް ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި ތެލުގެ އަގުތަކަށް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށް ވައިޓް ހައުސް އިން ލަފާކޮށްފިއެވެ.

ވައިޓް ހައުސްގެ ތަރުޖަމާން ކަރީން ޖޯން ޕިއާ މީޑިއާ ތަކަށް މައުލޫމާތު ދެއްވި ގޮތުގައި ރައީސް ޖޯ ބައިޑެން ސައުދީއަށް ކުރެއްވި ދަތުރުފުޅުގައި ވަނީ ތެޔޮ އުފައްދާ މިންވަރު އިތުރު ކޮށްދިނުމަށް އެދިފައެވެ. އަދި މިކަން ފުރިހަމަ ވާނެކަމަށް އުއްމީދު ކުރެވޭ ކަމަށާއި އެހެންނަމަވެސް އެ މަރުހަރާލަތައް ގިރާ ކުރުމަށް ވަގުތު ހޭދަވާނެކަމަށް އޭނާ ވިދާޅުވިއެވެ.

ދުނިޔޭގެ ތެލުގެ ބާޒާރުގައި މިހާރު ތެލުގެ އަގުތައް ރިކޯޑް މިންވަރަކަށް އުފުލިފައިވާއިރު މިއީ ރަޝިއާއި ދެކޮޅަށް އަޅަމުންދާ ދަތި ކުރުމުގެ ފިޔަވަޅުތަކުގެ ތެރެއިން އެ ޤައުމުނެ ތެޔޮ ގަތުން ހުއްޓުމާއި ގުޅިގެން ދިމަވެފައިވާ ހާލަތެކެވެ. މިއާއެކު ހުޅަނގުގެ ޤައުމުތަކުން ދަނީ އޯޕެކްގެ ޤައުމުތަކުން އުފައްދާ ތެލުގެ މިންވަރު އިތުރުކުރުމަށް އެކި ގޮތްގޮތުން ޕްރެޝަރު ކުރަމުންނެވެ. ނަމަވެސް އޯޕެކްގެ ހުރިހާ ޤައުމުތަކަކަށް ތެޔޮ އުފެއްދުން އިތުރުކުރުމަށް އެއްބަސްވެވޭފަދަ އުސޫލަކަކާއި ހަމައަށް އަދިވެސް ވާސިލް ވެފައެއް ނުވެއެވެ.

އެމެރިކާގެ ރައީސް ދާދި ފަހުން ސައުދީއަށް ކުރެއްވެވި ދަތުރުފުޅަކީވެސް ތެޔޮ އުފައްދާ މިންވަރު އިތުރު ކުރުމަށް ޕްރެޝަރު ކުރުމުގެ ގޮތުން ކުރެއްވެވި ދަތުރުފުޅެއް ކަމަށް ދުނިޔޭގެ ބައެއް މީޑިއާ ތަކުން ރިޕޯޓުކުރެއެވެ. އަދި އޭނާގެ ދަތުރުފުޅުން މާބޮޑު ކާމިޔާބީއެއް ލިބޭނެކަމަށް ނުބެލެވޭ ނަމަވެސް ކޮންމެވެސް މިންވަރެއްގެ އިތުރުވުމެއް ތެޔޮ އުފެއްދުމުގައި އަންނާނެ ކަމަށް ލަފާ ކުރެވޭ ކަމަށްވެސް ބައިނަލްއަޤުވާމީ ބައެއް މީޑިއާ ތަކުން ރިޕޯޓުކުރެއެވެ.

ޓެގްސް: ތެލުގެ އަގުތައް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.