ޔޫކްރެއިނުގައި ސިފައިންގެ މީހަކު ކުޑަކުއްޖަކު އުރާލައިގެންދާ މަންޒަރު

ދުނިޔެ

ހަނގުރާމަ އިތުރަށް ވަރުގަދަ ވާނެ: ޔޫކްރެއިން

ދާނިޝް - ޔޫރަޕް | 19 ޖުލައި 2022 , އަންގާރަ 15:17   195

ޔޫކްރެއިނާއި ރަޝިއާ ދެމެދު ކުރަމުންދާ ހަނގުރާމާގެ އައު ފިޔަވައްސެއް ފެށުމަށް ރަޝިއާއިން ތައްޔާރު ވަމުން ދާކަމަށާއި މިކަމާއި ގުޅިގެން ހަނގުރމަ އިތުރަށޤ ވަރުގަދަ ވެގެންދާނެ ކަމަށް ޔޫކްރެއިނުގެ އަސްކަރިއްޔާއިން ހާމަކޮށްފިއެވެ.

ޔޫކްރެއިނުގެ އަސްކަރިއްޔާއިން މިކަން ހާމަކޮށްފައިވާއިރު ރަޝިއާ ފައުޖުތަކުން ޔޫކްރެއިނާއި އަމާޒުކޮށް ދެމުންދާ ހަމަލާތައް ދަނީ ދުވަހަކަށް ވުރެ ދުވަހެއް ވަރުގަދަ ކުރަމުންނެވެ. އެގޮތުން ރަޝިއާ ދެމުންދާ މިސައިލް އަދި ރޮކެޓް ހަމަލާތަކުގެ އިތުރުން ވައިގެ މަގުން ދެމުންދާ ހަނގުރާމަތައްވެސް އިތުރު ވެފައިވާ ކަމުގައި މީޑިއާ ރިޕޯޓުތައް ބުނެއެވެ. މިހާރު ރަޝިއާއިން އަމާޒު ހިފާފައިވަނީ ޔޫކްރެއިނުގެ އިރުމަތީގައިވާ ރަށެއް ކަމަށްވާ ސްލޮވިއާންސްކް އަޅުވެތި ކުރުމަށެވެ.

ހަނގުރާމާގެ ހަމަލާތަކުގެ ޝިކާރައަކަށް ކުށެއްނެތް އާންމު ރަތްޔިތުންވެސް ވެފައިވާއިރު މިހާތަނަށް މަރުވި މީހުންގެ އަދަދު 40 އަށްވުރެ މައްޗަށް ވަނީ އަރައިފައެވެ. ހަނގުރާމާގެ ހާލަތު ބޮއްސުންލާފައި ވާއިރު މިހާރު ޔޫކްރެއިނުގެ ސަރުކާރުގެ ތެރޭގައިވެސް މިވަނީ ދެބަސްވުންތައް ފެންމަތިވާން ފަށައިފައެވެ. އެގޮތުން ދާދި އިހަކަށް ދުވަހު ޔޫކްރެއިންގެ ރައީސް ވަނީ ސަރުކާރުގެ ބައެއް އިސް އޮފިޝަލުން މަޤާމުން ދުރުކޮށްފައެވެ. ހަމައެހެންމެ ޔޫކްރެއިންގެ ސަރުކާރުގެ ތެރޭގައި ރަޝިއާގެ އެޖެންޓުން ހަރަކާތްތެރި ވަމުންދާ ކަމުގެ ތުހުމަތު ތަކެއްވެސް މިވަނީ ފެންމަތިވެފައެވެ.

ޓެގްސް: ޔޫކްރެއިން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.