ސްރީލަންކާގެ މަގުތަކަށް އެގައުމުގެ ރައްޔިތުން ނިކުމެ، ކަރަޕްޝަނާއި ދެކޮޅަށް މުޒާހިރާކުރަނީ

ދުނިޔެ

ސްރީލަންކާ: ޕާލަމެންޓުން އާރައީސަކު ހޮވަން ތައްޔާރުވެއްޖެ

އަލީ އަޒްޔަން - ލަންކާ | 20 ޖުލައި 2022 , ބުދަ 09:53   190

ސްރީލަންކާގެ ރައީސް ގައުމުދޫކޮށް ދިއުމުގެ ސަބަބުން، ގާނޫނުހަދާ މަޖިލީހުން އާރައީސަކު ހޮވުމަށް ތައްޔާރުވެއްޖެއެވެ.

މި ވޯޓު ކާމިޔާބުކުރާނެކަމަށް ބެލެވެނީ މިހާރުގެ ވަގުތީ ލީޑަރު އަދި ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންގ އެވެ. އެކަމަކު މުޒާހަރާކުރާ މީހުން ބޭނުންވަނީ އޭނަ ވެސް ވެރިކަމުން ދުރުކުރުމަށެވެ.

މި ވޯޓް ކާމިޔާބުކުރާ ފަރާތަކަށް ރާޖަޕަކްސާގެ ޓާމް ފުރިހަމަވަންދެން ވެރިކަމުގައި ވެރިކަމުގައި ހުރެވޭނެއެވެ. އެއީ 2024 ގެ ނޮވެމްބަރު މަހާއި ޖެހެންދެނެވެ.

މިވޯޓުގައި ގާނޫނު ހަދާ މަޖިލީހުގެ 225 މެމްބަރަކު ވޯޓު ދޭނެއެވެ. ރަނިލްގެ އިތުރުން ދެ މީހަކު އެހެން ޕާޓީގެ ފަރާތުން ވާދަކުރާނެކަމަށް ބެލެވެއެވެ.

ކޮވިޑަށް ފަހު ސްރީލަންކާގެ މާލީ ޙާލަތު ގޯސްވެ، ތެލާއި ކާބޯތަކެތި ހޯދުމުގައި އެގައުމަށް ވަނީ ބޮޑެތި ދަތިތަކަކާއި ކުރިމަތިލާންޖެހިފައެވެ.

އައިއެމްއެފް ފަދަ ދުނިޔޭގެ މާލީ އިދާރާތަކުގެ އެހީތެރިކަން ހޯދުމުގެ ކުރިން އެގައުމުގައި ސުލްހަވެރި ސަރުކާރެއް ގާއިމްކުރަންޖެހެއެވެ.

ޓެގްސް: ސްރީލަންކާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.