މީރާ އިދާރާ

ވިޔަފާރި

ޓެކްސް ބަޔާނާއި ފާއިސާގެ ކަންކަން ދުރާލާ ކުރުމަށް މީރާއިން އިލްތިމާސް ކޮށްފި

ދާނިޝް - ދިވެހި ރާއްޖެ | 20 ޖުލައި 2022 , ބުދަ 11:10   203

31 ޖުލައިގައި ޓެކްސްގެ މުހިންމު ސުންގަޑިތަކެއް އަންނާނާނެތީ ޓެކްސް ބަޔާން ހުށަހެޅުމާއި ފައިސާ ދެއްކުމުގެ ކަންކަން ދުރާލައި ކުރުމަށް މީރާއިން އިލްތިމާސްކުރައްވައިފިއެވެ.

މީރާއިން މައުލޫމާތު ދެއްވާ ގޮތުގައި މިމަހުގެ 31 ވަނަ ދުވަހު ޓެކްސްއާއި ގުޅޭ ގިނަ ސުންގަނޑިތަކެއް އަންނާނެއެވެ. އެގޮތުން އާމްދަނީން ނަގާ ޓެކުހުގެ މިއަހަރުގެ ފުރަތަމަ އިންޓަރިމަ ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގެ ސުންގަޑިއާއި، މިއަހަރުގެ ޖޫން މަހުގެ ގްރީން ޓެކުހުގެ ބަޔާން ހުށަހަޅައި ފާއިސާ ދެއްކުމުގެ ސުންގަނޑިއާއި، ޖޫން 2022 އަދި 2021 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގެ ޖީ.އެސް.ޓީ ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގެ ސުންގަޑި މީގެތެރޭގައި ހިމެނެއެވެ. ހަމައެހެންމެ އެއަރޕޯރޓް ޓެކުހާއި ފީގެ ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގެ ސުންގަޑިވެސް މީގި ތެރޭގައި ހިމެނެއެވެ.

މި ޓެކްސް ތަކުގެ ތެރެއިން އާމްދަނީ ޓެކްސްގެ މިއަހަރުގެ ފުރަތަމަ އިންޓަރިމް ބަޔާން ހުށަހަޅަންޖެހެނީ އިންކަމް ޓެކްސް ހުށަހަޅަންޖެހޭ ފަރާތް ތަކުގެ ތެރެއިން 2021 ވަނަ އަހަރު ދެއްކި ޓެކްސްގެ އަދަދު 20،000 ރުފިޔާއަށްވުރެ އިތުރުވި ފަރާތްތަކުންނެވެ. ނުވަތަ މިހަރަކީ ޓެކްސް ދައްކާ ފަރާތުގެ ފުރަތަމަ ޓެކްސް އަހަރު ކަމަށްވެ އަންދާޒާކުރެވޭ ޓެކުހުގެ އަދަދު 20،000 ރުފިޔާއަށް ވުރެ އިތުރުވާކަމުގައި ވާނަމައެވެ.

ޓެކްސް ދައްކާ ފަރާތްތަކަށް މިހާރު ލުއިފަސޭހަވާނެހެން އޮންލައިންކޮށް ފާއިސާ ދެއްކޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް މީރާއިން މައުލޫމާތު ދެއެވެ. ހަމަ މިއާއެކު ޓެކުހާއި ބެހޭ ޒިންމާތައް ފުރިހަމައަށް އަދާކުރުމަށް އެންމެހައި ފަރާތްތަކަށް ވެސް މީރާއިން ވަނީ އިލްތިމާޒު ކޮށްފައެވެ.

ޓެގްސް: މީރާ ޓެކްސް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.