ޑރ. އެންތޮނީ ފައުޗީ - ސިއްޙީ ކަންކަމުގައި ތަޖުރިބާ ގިނަ ފުންނާބު އުސް ފަރާތެއq

ދުނިޔެ

ވައިޓް ހައުސްގެ ސިއްޙަތާއި ބެހޭ އެންމެ އިސް މުޝީރު، ފައުޗީ ރިޓަޔަރ ކުރައްވަން ނިންމަވައިފި

ދާނިޝް - އެމެރިކާ | 21 ޖުލައި 2022 , ބުރާސްފަތި 08:44   206

އެމެރިކާގެ ވައިޓް ހައުސްގެ ސިއްޙަތާއި ބެހޭ އެންމެ އިސް މުޝީރު ޑރ. އެންތޮނީ ފައުޗީ ރިޓަޔަރ ކުރައްވަން ނިންމަވައިފިއެވެ.

ފައުޗީ އަކީ މުޅި ދުނިޔެއަށް ދިމާވި ކޯވިޑް-19 ގެ ބަލިމަޑުކަން ކޮންޓްރޯލްކޮށް އެމެރިކާ އަދި ދުނިޔޭގެ ހާލަތު ގާތުން ބައްލަވަމުން ގެންދަވާ، މުޅި ދުނިޔޭގެ އިހުތިރާމާއި މަޤުބޫލުކަން ހޯއްދަވާފައިވާ ޝަހުސިއްޔަތެކެވެ. 1984 ވަނަ އަހަރު އެމެރިކާގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެލަރޖީ އެންޑް އިންފެކްޝަސް ޑިޒީޒަސްގެ ޑިރެކްޓަރުގެ މަޤާމާއި ހަވާލުވި ޑރ. ފައުޗީ ވަނީ އެކި ގޮތް ގޮތުން ދުނިޔޭގެ ސިއްހީ ދާއިރާއަށް އިންގިލާބީ ބަދަލުތައް ގެނެސްދެއްވާފައެވެ.

އެގޮތުން ފައުޗީއަކީ އެއިޑްސް ފެތުރުން ކޮންޓްރޯލް ކުރެވޭނެ ގޮތްތައް ދިރާސާ ކުރުމުގައި އިސް މާހިރެއްގެ އިތުރުން އެ ބަލި ފެތުރުން ކޮންޓްރޯލް ކުރުމާއި، ބަލި ޖެހިފައިވާ މީހުންނަށް ފަރުވާއެއް ހޯދުމަށް ކުރަމުންދާ މަސައްކަތްތަކުގައި މުހިންމު ރޯލެއް އަދާކޮށްފައެވެ. އެޗް.އައި.ވީ/އެއިޑްސް ފެތުރުން ކޮންޓްރޯލް ކުރުމާއި، އިންފްލުއެންޒާ ކޮންޓްރޯލް ކުރުމުގައިވެސް އެހާމެ މުހިންމު ދައުރެއް އޭނާ ވަނީ ކުޅެފައެވެ.

ހަމައެހެންމެ އޭނާއަކީ ތައުލީމީ ގޮތުންވެސް ގިނަ މައުލޫމާތުތަކެއް ހިއްސާ ކުރައްވަމުން ގެންދަވާ ޝާއިރެކެވެ. އޭނާއަކީ މިހާރުވެސް ސައިންސްގެ ދާއިރާގެ ހޯދުންތައް ޝާޢިއު ކުރާ 1,400 އަށްވުރެ ގިނަ ޖަރނަލްގެ ބޯޑު މެންބަރެކެވެ.

އުމުރުން 81 އަހަރުގެ ފައުޗީ މިހާތަނަށް ވަނީ އެމެރިކާގެ ސިއްޙީ ދާއިރާގެ އެންމެ އިސް މުޝީރުގެ ހައިސިއްޔަތުން އެ ޤައުމުގެ 7 ރައީސަކާއެކު މަސައްކަތް ކުރައްވަވާފައެވެ. އަދި އެމެރިކާގައި ޢާންމު ރައްޔިތަކަށް ދެވޭ އެންމެ މަތިވެރި ޝަރަފުކަމުގައިވާ ޕްރެޒިޑެންޝަލް މެޑަލް އޮފް ފްރީޑަމްގެ ލަޤަބުވެސް ހޯއްދަވައިފައިވާ އިރު އޭނާ އަކީ އެމެރިކާގައި ކޯވިޑް-19 ކޮންޓްރޯލް ކުރުމުގައި ހަރަކާތްތެރިވި އެންމެ އިސް މޭސްތިރިއެވެ.

ފައުޗީ ވަނީ އޭނާ ރިޓަޔަރ ކުރަން ނިންމައިފައިވާކަން ޔަޤީންކޮށް ދެއްވާފައެވެ.

ޓެގްސް: އެމެރިކާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.