އޮލެކްޒެންޑަ ޒިންޗެންކޯ ދަނޑުމަތީގައި

ކުޅިވަރު

އަނެއްކާވެސް ސިޓީގެ ކުޅުންތެރިއެއް އާސެނަލްއާ ގުޅެން އެއްބަސްވެއްޖެ

ދާނިޝް - ޔޫރަޕް | 20 ޖުލައި 2022 , ބުދަ 14:14   266

މެންޗެސްޓާ ސިޓީއަށް ކުޅެމުން އައި ބްރެޒިލްގެ ކުޅުންތެރިޔާ ގެބްރިއަލް ޖީސަސްގެ ޓްރާންސްފާގެ ވާހަކަތަކަށް މާގިނަ ދުވަހެއް ނުވަނީސް އެ ޓީމަށް ކުޅެމުން އައި ޔޫކްރެއިންގެ ކުޅުންތެރިޔާ އޮލެކްޒެންޑަ ޒިންޗެންކޯވެސް އާސެނަލް އާއި ގުޅެން އެއްބަސް ވެއްޖެއެވެ.

25 އަހަރުގެ މިޑްފިލްޑަރު އާސެނަލް އަށް ދާން އެއްބަސްވެފައި ވާއިރު އެ ކްލަބުން ވަނީ ސިޓީ އާއި އެކު 36 މިލިއަން ޑޮލަރުގެ ޓްރާންސްފާ ފީއަކަށް އެއްބަސް ވެފައިކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ. އަދި ކުޅުނަތެރިޔާ އާސެނަލަށް ބަދަލުވަނީ 4 އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ކަމަށްވެސް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

2016 ވަނަ އަހަރު ސިޓީއަށް ކުޅެން ފެށި ޒިންޗެންކޯ މިހާތަނަށް އެ ކްލަބްށް 128 މެޗު ވަނީ ކުޅެދީފައެވެ. އަދި އޭނާ ވަނީ ސިޓީ އާއި އެކު ހަތަރު ޕްރިމިއާ ލީގާއި ހަތަރު ލީގް ކަޕްގެ އިތުރުން އެއް ފަހަރު އެފްއޭ ކަޕް ކާމިޔާބު ކޮށްފަ އެވެ.

ޒިންޗެންކޯ ވިއްކާލުމަށް ފަހު ސިޓީން އަމާޒު ހިފައިފައި ވަނީ ބްރައިޓަން އަށް ކުޅޭ ސްޕެއިންގެ ޒުވާން ވާތުބެކް މާކް ކުކުރެލާ ހޯދުމަށް ކަމަށް ވަނީ ރިޕޯޓު ކޮށްފައެވެ. ޒިންޗެންކޯ މި ވަގުތު ހުރީ މެންޗެސްޓާ ސިޓީގެ ޕްރީސީޒަން ޓުއާގައި އެމެރިކާގަ އެވެ.

ޓެގްސް: ފުޓުބޯޅަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.