ސްރީލަންކާގެ ވަގުތީ ރައީސް : ކުރީ ސަރުކާރުން ވަނީ މަލީ ޙާލަތު ފޮރުވަން މަސައްކަތްކޮށްފައި

ދުނިޔެ

ސްރީލަންކާ: މި ޙާލަތަށް ވެއްޓުނީ "ޙަޤީގަތް ފޮރުވަން" މަސައްކަތްކުރުމުން

ޒައިން ޠާލިބް - ލަންކާ | 20 ޖުލައި 2022 , ބުދަ 14:21   257

ސްރީލަންކާގެ މާލީ ހާލަތު ނާޒުކުވެ ދަތިކަމާ ކުރިމަތިލާންޖެހުނީ "ހަގީގަތްތައް ފޮރުވަމުން" ކަމަށް އަލަށް ހޮވި ވަޑައިގެންނެވި ރައީސް ރަނިލް ވިކްރަމަސިންހަ ވިދާޅުވެއްޖެ އެވެ.

ކުރީގެ ލީޑަރު ގޮޓަަބަޔާ ރަޖާޕަކްސާގެ ސާރުކާރުން ހަަޤީގަތް ހާމަނުކޮށް އޮތްއިރު، ސްރީލަންކަ އޮތީ ބަނގުރޫޓުވެ، އިންޓނޭޝަނަލް މަނިޓްރީ ފަންޑު (IMF) އަށް ދާން ޖެހޭ ހިސާބުގައި ކަމަށް ވަގުތީ ރައީސް ރަނިލް ވިކްރަމަސިންހަ ވިދާޅުވިއެވެ.

އަދި އިތުރަށް ވިކްރަމަސިންހަ ވިދާޅުވީ ގޮޓަަބަޔާ ރަޖާޕަކްސާ ސްރީލަންކާއިން ރާއްޖެއަ އަށް ފިލައިގެން ވަޑައިގެން ފަހުން އަދި ސިންގަޕޫރަށް ދަތުރުކުރިއިރު ގޮޓަަބަޔާ ރަޖާޕަކްސާ ވާހަކަ ދައްކަވާފައިވާ ކަމަށެވެ.ނަމަވެސް ކުރީގެ ލީޑަރު ގޮޓަަބަޔާ ރަޖާޕަކްސާ އަދިވެސް ހުންނެވީ ސިންގަޕޫރުގައި ކަމެއް ނުވަތަ އެހެން ތަނެއްގައި ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ.

ވިކްރަމަސިންހަ މިހާރު އަންނަނީ ސްރީލަންކާގެ ރައީސްކަމަށް ވުމަށް ވާދަކުރަމުންނެވެ. އެހެން ކަމުން ރައްޔިތުންގެ މަޖިލީހުން ބުދަ ދުވަހު އާ ލިޑަރަކު އިންތިހާބު ކުރަން ވަނީ ނިންމާފައެވެ.

މާޗް މަހުން ފެށިގެން ސްރީލަންކާއަށް ބޮޑުވަމުން އަންނަ އިގްތިސާދީ ދަތިކަމުގެ ސަބަބުން ތެލާއި ކާބޯތަކެއްޗާއި ބޭސް އަދި ކޮންމެހެން ބޭނުންވާ ތަކެތި ގަތުމަށް ރައިޔިތުން ވަނީ ދަތިކަމާއި ކުރިމަތިލާން ޖެހިފައެވެ.މިކަމުގެ ސަބަބުން މުޒާހަރާގެ ބައިވެރިން މަގުމައްޗަށް ނުކުމެ އެގައުމުގެ ވެރިން އިސްތިއުފާ ދެއްވުމަށް އެދިފައިވާއިރު މިދިޔަ ހަފްތާގައި ރާޖަޕަކްސަ އިސްތިއުފާ ދެއްވުމަށް ވައުދުވުމުން ކާމިޔާބެއް ހޯދި ކަމަށް ފެނުނެވެ

ވިކްރަމަސިންހަ ވަނީ ހޯމަ ދުވަހުން ފެށިގެން މުޅި ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވައި، ޖުލައި 20 ވަނަ ދުވަހު މަޖިލީހުން ރިޔާސީ ވޯޓު ނެގުމުގެ ކުރިން އިޖުތިމާއީ ހަމަނުޖެހުންތައް ފިލުވުމުގެ ގޮތުންނެވެ.

ވިކްރަމަސިންހަ ވިދާޅުވީ މުޒާހަރާގެ ބައިވެރިން ބުދަ ދުވަހު މަޖިލީހަށް ވޯޓުލުމަށް ހުރަސް އެޅުމަށް ފުރުސަތު ނުދެއްވާނެ ކަމަށާއި، ނުވަތަ އިތުރު އިމާރާތްތަކަށް އަޅަން ގެލުން ދިނުމަށް ފުރުސަތު ނުދެއްވާނެ ކަމަށެވެ. އަދި ވިކްރަމަސިންހަ ވިދާޅުވީ " ސްރީލަންކާގެ ގާނޫނާއި ގަވާއިދު އޮންނަން ޖެހޭނެ،" ކަމަށެވެ.

ޓެގްސް: ސްރީލަންކާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.