އަލަށް އިންޚާބުކުރި ރަނިލް އަށް ވަނީ ގައުމު އަލުން އާރާސްތުކުރުމުގެ މަސައްކަތާއި ހަވާލުކޮށްފައި

ދުނިޔެ

ސްރީލަންކާ: އާރައީސަކަށް ރަނިލް އިންތިޚާބުކޮށްފި

އަލީ އަޒްޔަން - ލަންކާ | 20 ޖުލައި 2022 , ބުދަ 14:31   194

ސްރީ ލަންކާގެ ޢާއްމު ރައްޔިތުންގެ ތެރޭގައި އެހާ މަޤްބޫލު ނުވިނަމަވެސް، އެގައުމުގެ އާ ރައީސްކަމަށް ރަނިލް ވިކްރަމަސިންގ ހޮވައިފިއެވެ.

އެނާ އެމަގާމަށް ހޮވާފައިވަނީ މިއަދު އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި މިއަދު މެންދުރު ކުރިން އޮތް ވޯޓަށް ފަހުއެވެ.

އެ ވޯޓުގައި ރަނިލް އަށް ލިބިފައިވަނީ 134 ވޯޓެވެ. އަދި ވާދަކުރި އަނެއް ބައިވެރިޔާ ޑުލާސް އަލާހަޕަރުމާ އަށް ލިބިފައިވަނީ 82 ވޯޓެވެ. މި ވޯޓް ބާއްވަން ޖެހުނީ އެގަމުގެ ކުރީގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސަ ގައުމު ދޫކުރައްވައި ވަޑައިގެންނެވުމުންނެވެ.

ގޮޓަބަޔާ ވަނީ ރާއްޖެ އައުމަށް ސިންގަޕޫރަށް ގޮސްފައެވެ.

މި އިންތިޚާބަށް އަލަށް ހޮވުނު ރަނިލް ގޮޓަބަޔާގެ ވެރިކަމުގެ ދައުރު ނިމެންދެން ހުންނަވާނެއެވެ. އެއީ 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހާއި ހަމައަށެވެ.

ވޯޓަށް ފަހު ރަނިލް ވިދާޅުވެފައިވަނީ ގައުމު ވަނީ "ވަރަށް އުނދަގޫ ޙާލަތެއްގައި" ކަމަށެވެ. އަދި ކުރިއަށް "ގިނަ ގޮންޖެހުންތައް" އެބަހުރިކަމަށެވެ.

ޓެގްސް: ސްރީލަންކާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.