ޖޯ ބައިޑަން ވަނީ މެދުއިރުމައްޗަށް ކުރެއްވި ދަތުރުފުޅުގެ ދެވަނަ ދުވަހު އިސްރާއީލުގެ ބޮޑުވަޒީރު ޔައީރު ލަޕީޑްއާ ބައްދަލު ކޮއްފައެވެ

ދުނިޔެ

ބައިޑަން: އީރާނަށް ނިއުކްލިއާ ހަތިޔާރު ލިބުން ހުއްޓުވުމަށް ބާރުގެ ބޭނުން ކުރަން އެމެރިކާއިން ބުނެފި

ޒައިން ޠާލިބް - އެމެރިކާ | 21 ޖުލައި 2022 , ބުރާސްފަތި 09:44 1   259

އީރާނަށް ނިއުކްލިއާ ހަތިޔާރު ލިބުން ހުއްޓުވުމަށް އެމެރިކާއިން އެގައުމުގެ ބާރު "ހުރިހާ ގޮތަކުން ބޭނުން ކުރަން ތައްޔާރަށް" އޮތް ކަމަށް ރައީސް ޖޯ ބައިޑަން ވައުދުވެވަޑައިގެންފި އެވެ

ބައިޑަން މިކަން އިޢުލާން ކުރެއްވީ އިސްރާއީލުގެ ބޮޑުވަޒީރު ޔައިރް ލަޕީޑް އެތަނަށް ކުރެއްވި ދަތުރުފުޅުގެ ދެވަނަ ދުވަހުއެވެ.

އީރާނުގެ ނިއުކްލިއާ ޕްރޮގްރާމަކީ އެގައުމަށް އެންމެ ބޮޑު ނުރައްކަލެއް ކަމަށް އިސްރާއީލުން ދެކޭ ނަމަވެސް، އެއީ ސުލްހަވެރި ޕްރޮގްރާމެއް ކަމަށް އީރާނުން ދަނީ ބުނަމުންނެވެ.

ބައިޑަން އިތުރަށް ވިދާޅުވީ އީރާނުން "ހިޒްބޮލާ، ހަމާސް ފަދަ ޓެރަރިސްޓް ޖަމިއްޔާތައް" ބޭނުން ކުރުން ހިމެނޭ ގޮތަށް، އީރާނުގެ އުދުވާނީ އަމަލުތަކާއި ހަމަޖެހުން ގެއްލިފައިވާ ހަރަކާތްތަކާ ކުރިމަތިލުމަށް އެމެރިކާއިން "އަޅުގަނޑުމެންގެ އެހެން ބައިވެރިންނާ ގުޅިގެން މަސައްކަތް ކުރާނެ" ކަމަށް ވެސް އޭނާ ވައުދުވެވަޑައިގެންނެވި އެވެ.

އީރާނުން ޓެރަރިޒަމް ސްޕޮންސަރ ކުރާ ކަމަށް އިންކާރުކޮށް، އެ ޖަމާއަތަށް ތާއީދުކުރާ ޖަމިއްޔާތަކަކީ އިސްރާއީލާއި އެމެރިކާގެ އުދުވާނީ އަމަލުތަކާ ދެކޮޅަށް ހަނގުރާމަކުރާ ދެކޮޅުވެރި ޖަމާއަތްތަކެއް ކަމަށް އީރާނުން ބުނެއެވެ.

އިސްރާއީލުގެ ޗެނަލް 12 ޓީވީއަށް ބުދަ ދުވަހު ދެއްވި އިންޓަވިއުއެއްގައި ބައިޑަން ވިދާޅުވީ އީރާނާ ދެކޮޅަށް ބާރުގެ ބޭނުން ކުރަން އެމެރިކާ ހުންނާނީ ތައްޔާރަށްކަމަަށެވެ. އެ އިންޓަވިއުގައި ބައިޑަން އާއި ސުވާލުކޮށްފައިވަނީ އިސްރާއީލަކީ އެޕާޓްހައިޑް ދައުލަތެއްގެ ގޮތުގައި ސިފަކޮށް، އެމެރިކާގެ ޝަރުތުތަކާ ނުލައި އަސްކަރީ އެހީތައް ދިނުން ހުއްޓާލުމަށް ގޮވާލާ ޑިމޮކްރެޓިކް ޕާޓީގެ އަޑުތަކާ ބެހޭ ގޮތުންނެވެ. އޭނާ ވިދާޅުވީ އެ ވިސްނުންތަކަކީ "މަދު އަދި ގޯސް ވިސްނުންތަކެއް" ކަމަށާއި އޭނާގެ ޕާޓީ އިސްރާއީލާ ދުރަށް ދިއުމުގެ ފުރުސަތު ނެތް ކަމަށެވެ.

ޓެގްސް: އެމެރިކާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.