ގޭޓެން މަޓަރާޒޯ، ފިން ވޯލްފްހާޑް، ސޭޑީ ސިންކް ސްޓްރޭންޖާ ތިންގްސް ސީޒަން ހަތަރެއްގަައި

ވިޔަފާރި

ތިން މަސްތެރޭގައި، ނެޓްފްލިކްސް އަށް ގާތްގަނޑަކަށް މިލިއަނެއްހާ ސަބްސްކްރައިބަރުން ގެއްލިއްޖެ!

ޒައިން ޠާލިބް - ދުނިޔެ | 21 ޖުލައި 2022 , ބުރާސްފަތި 11:59   209

ނެޓްފްލިކްސް އަށްް މިލިއަނެއްހާ ސަބްސްކްރައިބަރުން ގެއްލިގެން ދިޔައީ އެޕްރީލް މަހާއި ޖުލައި މަސް ތެރޭގަ އެވެ. އަދި ގިނަ ބަޔަކު ވަނީ އެ ހިދުމަތް ދޫކޮށް ދާން ފަށާފައެވެ.

ނެޓްފްލިކްސް އަށްް މިހާރު ޖެހިޖެހިގެން ދެ ކުއާޓަރަށް މެމްބަރުން ގެއްލިފައިވީ ނަމަވެސް ގެއްލިފައި ވާ މިންވަރު ހީކުރި ވަރަށް ވުރެ ކުޑަ އެވެ.

މި ގެއްލުން ކުޑަވި މައިގަނޑު ސަބަބާއި ގުޅޭގޮތުން އެކުންފުނީގެ ވެރިޔާ ރީޑް ހެސްޓިންގްސް ބުނީ "އެންމެ ކަމެއް އޮތް ނަމަ ސްޓްރޭންޖާ ތިންގްސް އޭ" ކިޔާފާނެ ކަމަށެވެ. އެއީ ހިޓް ޑްރާމާގެ އާ ސީޒަނަކީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށާއި، ނެޓްފްލިކްސްގެ ކަސްޓަމަރުން ބޭރުވުން ހުއްޓުވުމަށް އެހީތެރިވެދިން ކަމަށް ވުމުންނެވެ.

އަދި އެޕަލް ޓީވީ، އެޗްބީއޯ މެކްސް، އެމެޒޯން ޕްރައިމް އަދި ޑިޒްނީ+ ފަދަ ކުންފުނިތަކުން ވެސް ވަރުގަދަ ވާދަވެރިކަމާ ކުރިމަތިލާން ޖެހުމުން ވެސް ވަނީ ވާދަވެރިކަން ބޮޑުވެ، އިތުރު ގެއްލުންތަކާއި ކުރިމަތިލާން ޖެހިފައެވެ.

ނެޓްފްލިކްސްގެ ހިދުމަތް އަގުބޮޑު ކުރުމަށް އެޅި ފިޔަވަޅުން ވެސް ބައެއް ކަސްޓަމަރުން ވެސް ވަނީ ޚިދުމަތް އިތުރަށް ނުހޯދުމަށް ނިންމާފައެވެ.

"ސްޓްރޭންޖާ ތިންގްސް" ގެ ހަތަރު ވަނަ ސީޒަންގެ އެޕިސޯޑްތައް މިއަހަރު ދެ ބެޗަކަށް ނެރެގެން އެ ދިމާލަށް މިހާރު ވެސް އެ ކުންފުނިން ފިޔަވަޅު އަޅާފައިވީ ނަމަވެސް މީހުންގެ ޕްރެޝާރ ވަރަށް ބޮޑު ކަމަށް ވިޕް މީޑިއާގެ އެރިކް ސްޓޭއިންބަރގް ބުނެފައިވެއެވެ.

ޓެގްސް: ހޮޅިވުޑް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.