އައްޑޫ ސިޓީ ކައުންސިލް އިން ބޭއްވި ރައްޔިތުންގެ ބައްދަލުވުމެއްގެ ތެރެއިން

ހަބަރު

އެސްޖީގެ މައްސަލަ: އައްޑޫ ސިޓީ ކައުންސިލްގެ ނިންމުން ބާޠިލުކޮށްފައިވާކަމަށް ކޮމިޝަނުން ބުނެފި

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 21 ޖުލައި 2022 , ބުރާސްފަތި 12:24 3   779

އައްޑޫ ސިޓީ ކައުންސިލްގެ ސެކްޓްރީ ޖެނެރަލް (އެސްޖީ) ގެ ޝުޖާއުގެ އިތުބާރު ނެތްކަމަށް އައްޑޫ ސިޓީ ކައުންސިލުން ނިންމާފައިވާ ނިންމުމާއި ގުޅިގެން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ގޮތެއް ނިންމައިފިއެވެ.

އެކްސްޕްރެސް ނޫހާއި ވާހަކަދައްކަވަމުން، ސީއެސްސީގެ މެމްބަރަކު ވިދާޅުވީ، އައްޑޫ ސިޓީ ކައުންސިލުން އެފަދަ ނިންމުމެއް ނިންމާފައިވާތީ އެކޮމިޝަނުން މައްސަލަ ބަލައި ތަޙްޤީގްކޮށްފައިވާ ކަމަށެވެ. އަދި ބެލިބެލުންތަކަށް ފަހު، އެސްޖީ މަގާމުން ދުރުކުރާނެ ޖާގަ ނެތްކަމަށް ކޮމިޝަނުން ނިންމާފައިވާކަމަށް ވެސް ވިދާޅުވިއެވެ.

މީގެ ކުރިން ކޮމިޝަނުން މަޢްލޫމާތު ދެއްވާފައިވާގޮތުގައި، އޭރުވީ މައްސަލަ ރައްދުވާ ފަރާތްކަމުގައިވާ، ސެކްޓްރީ ޖެނެރަލް މުޙައްމަދު ޝުޖާއު އަށް ޖަވާބުދާރީ ވުމަށް ފުރުޞަތު އެރުވިފައެވެ.

އެސްޖީ އަކީ ކައުންސިލްތަކުގައި މުހިއްމު ދައުރެއް އަދާކުރަންޖެހޭ ފަރާތެކެވެ. އެއީ އެކައުންސިލެއްގެ މާލީ ޒިންމާދާރުވެރިޔާގެ އިތުރުން، ކައުންސިލްގެ ނިންމުންތައް ތަންފީޒުކޮށް ހިންގުމުގެ އެންމެ އިސްވެރިޔާއެވެ.

މޭޔަރު އަދި ޑެޕިއުޓީ މޭޔަރ ހިމެނޭގޮތަށް ކައުންސިލުން އެސްޖީގެ އިތުބާރު ނެތްކަމަށް ނިންމާފައިވާއިރު، ކައުންސިލްގެ ރަސްމީ ބައްދަލުވުންތަކަށް ނުވަދެވޭގޮތް ވެސް ވަނީ ހަދާފައެވެ.

މިލިޔުމާއި ގުޅޭ :

އެސްޖީ ޝުޖާއު އަށް ވާނީ ޖަވާބުދާރީވާން ފުރުޞަތު ދީފައި - ސިވިލް ސާވިސް

ޓެގްސް: އައްޑޫ ސިޓީ ކައުންސިލް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.