މަޝްހޫރު ސޯޝަލްމީޑިއާ އެޕް ޓްވިޓާ

ޓެކްނޯލޮޖީ

ނިމިދިޔަ ކުއާޓަރުގައި ޓްވިޓާއަށް 270 މިލިއަން ޑޮލަރުގެ ގެއްލުމެއް

އަލީ އަޒްޔަން - އެމެރިކާ | 23 ޖުލައި 2022 , ހޮނިހިރު 23:17   336

އެމެރިކާގެ ސެންފްރާންސިސްކޯގައި ގާއިމުވެފައިވާ، ސޯޝަލްމީޑިއާ ބިޔަ ވިޔަފާރި އަށް، ނިމިދިޔަ ކުއާޓަރުގައި ޓިވިޓާރ ކުންފުންޏަށް ބޮޑު ގެއްލުމަކާއި ކުރިމަތިލާން ޖެހިއްޖެއެވެ.

މިކަން ހާމަވެފައި މިވަނީ، ދުނިޔޭގެ އެންމެ މުއްސަދި މަހުޖަނު އީލާން މަސްކް، 44 ބިލިއަން ޑޮލަރަށް، އެކުންފުނީގެ ހިއްސާ ގަންނާނެކަން އިޢްލާންކުރުމަށް ފަހު އެކަން އަނބުރާ ގެންދިޔަފަހުން ނެރުނު ފުރަތަމަ މާލީ ބަޔާނުންނެވެ.

އޭގެ ކުރީގެ ކުއާރޓަރުގައި އެކުންފުންޏަށް 66 މިލިއަން ޑޮލަރުގެ ފައިދާއެއް ވެފައިވާއިރު، މިއީ ކުރިން ލަފާކުރެވުނު ވަރަށްވުރެ ފަސް ގުނަ ބޮޑު ގެއްލުމުކެވެ.

މި ގެއްލުމާއި ގުޅިގެން ޓުވިޓާއިން ބުނެފައިވަނީ، އިސްތިހާރުކުރާ ފަރާތްތައް މަދުވެފައިވާ ކަމަށާއި، ތަކެތީގެ އަގު އުފުލުމުގެ ސަބަބުން އިސްތިހާރުކުރާ ފަރާތްތަކުން ފައިސާ ޚަރަދުކުރުން މަދުކޮށްފައިވާކަމަށެވެ. އަދި މަސްކް ޑީލް ކެންސަލް ކުރުމާއި ގުޅިގެން ވެސް ގިނަބައެއްގެ މެދުގައި ކުންފުންޏާއި މެދު ނުތަނަވަސްކަން އުފެދިފައިވާކަމަށެވެ.

މަސްކު ކުންފުނި ގަންނަން އިއްލާންކުރިފަހުން ޓްވިޓާގެ ހިއްސާގެ އަގު 60 ޕަސެންޓަށް އުފުލުނު ނަމަވެސް މަސްކް ހިއްސާ ގަތުން ހުއްޓާލުމާއި އެކު 40 ޕަސެންޓް ވެއްޓުނެވެ.

ޓްވިޓާއިން މިހާރުވަނީ މައްސަލަ ކޯޓަށް ހުށަހަޅާފައެވެ. މައްސަލައިގެ އަޑުއެހުންތައް އޮކްޓޯބަރު މަހު ފެށޭނެއެވެ. މައްސަލައިގައި ޓްވިޓާއިން ވަނީ 1 ބިލިއަން ޑޮލަރު ހޯދުމަށް ހުށަހަޅާފައެވެ.

ޓެގްސް: ސޯޝަލްމީޑިއާ ސޯޝަލްމީޑިއާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.