ރާއްޖޭގެ ރިސޯޓެއްގެ މަންޒަރު

ހަބަރު

ރާއްޖެއަށް ބެސްޓް އައިލެންޑް އިން އޭޝިއާ އެވޯޑް

ދާނިޝް - ދިވެހި ރާއްޖެ | 23 ޖުލައި 2022 , ހޮނިހިރު 10:06   407

ޓްރެވެލް ޕްލަސް ލެޝަރ އިން ހޮވާ ވޯލްޑް ބެސްޓް އައިލެންޑް އިން އޭޝިއާ އެވޯޑް ރާއްޖެއަށް ލިބިއްޖެއެވެ.

ނިއު ޔޯކުގައި ބޭއްވުނު ބޭއްވުނު މިހަފްލާގައި ދިވެހި ރާއްޖޭގެ ފަރާތުން އެވޯޑާއި ހަލާވުވެ ވަޑައިގެނަނެވީ ރާއްޖެއިން އެމެރިކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަދި އެކުވެރި ދައުލަތްތަކުގެ ޖަމްޢިއްޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ތިލްމީޛާ ޙުސައިންއެވެ.

މިކަމާއި ގުޅިގެން އެމް.އެމް.ޕީ.އާރު.ސީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިން ޑިރެކްޓަރ ތޮއްޔިބު މުޙައްމަދު ވިދާޅުވީ، ބައިނަލްއަޤްވާމީ މައިދާނުގައި މިފަދަ އެވޯޑުތައް ލިބުމަކީ މުޅި ލިބޭ ފަޚުރެއްކަމަށެވެ. އަދި މިއީ މުޅި ފަތުރުވެރި ކަމުގެ ސިނާޢަތް ގުޅިގެން ކުރާ މަސައްކަތުގެ ނަތީޖާކަން އޭނާ ފާހަގަ ކުރިއެވެ.

މިއެވޯޑް އަކީ ދެމެހެއްޓެނިވި އަދި ޒިންމާދާރު ފަތުރުވެރިކަމުގެ ޕްރޮޑަކްޓްތަކާއި، ކުންފުނިތަކާއި، ފަރާތްތަކާއި، މަންޒިލްތަކާއި، ޖަމިއްޔާތައް ފާހަގަކޮށް އަގުވަޒަންކުރުމުގެ ގޮތުން ދެވޭ ޙާއްސަ އެވޯޑެކެވެ.

މިދިޔަ ރާއްޖެއަށް ޖުމުލަ 18 އެވޯޑެއް ވަނީ ލިބިފައެވެ. އޭގެ ތެރޭގައި ދުނިޔޭގެ ފެންވަރުގައި މަޝެހޫރު އެވޯޑްތައް ހިމެނެއެވެ. މި ލިބުނު އެވޯޑާއެކު ރާއްޖޭގެ ފަތުރުވެރި ކަމުގެ ސިނާއަތް އިތުރަށް ފުޅައިވެގެންދާނެ ކަމަށް އަންދާޒާ ކުރެވެއެވެ.

ޓެގްސް: ޓޫރިޒަމް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.