ސަޑިއޯ މާނޭ ދަނޑުމަތީގައި

ކުޅިވަރު

ސަޑިއޯ މާނޭ ދެވަނަ ފަހަރަށް އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް

ދާނިޝް - އެފްރުކާ | 23 ޖުލައި 2022 , ހޮނިހިރު 10:18   209

އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ދެވަނަ ފަހަރަށް ސެނެގާލުގެ މަޝްހޫރު ފޯވާޑް ސަޑިއޯ މާނޭ ހޯދައިފިއެވެ.

އެފްރިކާގެ ފުޓުބޯޅަ ކޮންފެޑެރޭޝަން (ކަފް) އިން ހޮވާ އެ ބައްރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް މާނޭ ހާސިލްކުރީ ޗެލްސީ އަށް ކުޅޭ ސެނެގާލްގެ ގޯލްކީޕަރު އެޑުއާޑް މެންޑީއާއި،

ލިވަޕޫލްގެ މިސްރު ފޯވާޑް މުހައްމަދު ސަލާހާއި ވާދަކޮށް ވޯޓުން ކުރި ހޯދައިގެންނެވެ. އޭނާއަށް ފުރަތަމަ ފަހަރަށް މި އެވޯޑް ލިބުނީ 2019 ވަނަ އަހަރުގައެވެ. އަދި މި އެވޯޑް ހަފްލާއަކީ 2019 ވަނަ އަހަރަށް ފަހު އެފްރިކާގައި ބޭއްވުނު މިފަދަ ފުރަތަމަ އެވޯޑް ހަފްލާ ކަން ފާހަގަކޮށްލެވެއެވެ.

މި އެވޯޑް މާނޭ ކާމިޔާބު ކުރި ނަމަވެސް ސަލާހު ވަނީ މި ނިމުނުނު ސީޒަންގައި ލިވަޕޫލަށް 23 ގޯލު ޖަހައިދީ 13 އެސިސްޓެންސް އާއި ލީގުގެ ރަންބޫޓާއި އެކު އެންމެ މޮޅު ޕްލޭމޭކާގެ އެވޯޑް ކާމިޔާބުކޮށްފައެވެ. ހަމައެހެންމެ މި ހަފްލާގައި އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ހޯދައިފައިވަނީ، އެންމެ ފަހުން ވެސް އެވޯޑް ހާސިލްކުރި ބާސެލޯނާ އަށް ކުޅޭ ނައިޖީރިއާގެ ފޯވާޑް، އެސީސަޓް އޮޝޮއަލާ އެވެ. މިއީ އޮޝޮއަލާ މި އެވޯޑް ހޯދި ފަސްވަނަ ފަހަރެވެ.

މި އެވޯޑް ހަފްލާ ވެގެންދިޔައީ މާނޭގެ ސެނެގާލަށް ވަރަށް ހާއްސަ ހަފްލާއެކެވެ. އެގޮތުން މާނޭއަށް ލިބުނު އެވޯޑްގެ އިތުރުން ހަފްލާގެ އެންމެ މޮޅު ޒުވާން ކުޅުންތެރިއަކަށް ހޮވިގެން ދިޔައީ ސެނެގާލްގެ މިޑްފިލްޑާރ ޕަޕޭ މަޓާސާއެވެ.

އަދި އެންމެ މޮޅު ފިރިހެން ކޯޗަކަށްވެސް ހޮވިގެންދިޔައީ ސެނެގާލް ޤައުމީ ޓީމުގެ ކޯޗް އަލިއޫ ސިސޭ އަށެވެ. ހަމައެހެންމެ އަހަރުގެ އެންމެ މޮޅު ގޯލަކަށް ހޮވުނީ ސެނެގާލް ކުޅުންތެރިއާ ޓެންޒޭނިއާ ލީގުގެ ސިމްބާ އެފްސީ އަށް ކުޅެމުން އަންނަ ޕާޕާ އުސްމާނޭ ސަކޯ ޖެހި އޯވާހެޑް ގޯލެކެވެ.

ޓެގްސް: ފުޓުބޯޅަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.