ޕީޓާ ޑިންކްލޭގް

މުނިފޫހިފިލުވުން

ޕީޓާ ޑިންކްލޭޖް ހަންގާ ގޭމްސްއަށް

ދާނިޝް - އެމެރިކާ | 23 ޖުލައި 2022 , ހޮނިހިރު 16:32   372

ހޮލީވުޑް އެންމެ މަޝްހޫރު އެއް ފެރެންޗައިޒް ކަމަށްވާ "ހަންގާ ގޭމްސް" ގެ ޕްރީކުއެލްގެ ކާސްޓް އިން އާންމުންގެ މަގްބޫލުކަން ހޯދައިފައިވާ ތަރި ޕީޓާ ޑިންކްލޭޖް ހިމެނިއްޖެކަން ހާމަވެއްޖެއެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ހަންގާ ގޭމްސްގެ ޕްރީކްއެލް "ހަންގަ ގޭމްސް: ދަ ބެލޭ އޮފް ސޯންގްބާޑްސް އެންޑް ސްނޭކްސް" ގެ ކާސްޓުގައި ޕީޓާ ޑިންކްލޭޖް ފެނިގެންދާނީ ކާޒްކާ ހައިބޮޓަމްގެ ރޯލުންނެވެ. ޑިންލްލޭޖް އަކީ ގިނަ ފިލްމް ތަކަކާއި ފްރެންޗައިޒް ތަކެއްގައި އެކްޓް ކޮށްފައިވާ ތަރިއެކެވެ. އޭނާ ބޮލީވުޑްގައި އެންމެ މަޝްހޫރު ވެގެންދިޔައީ "ގޭމް އޮފް ތްރޯންސް" ގައި އޭނާ ކުޅުނު ކެރެކްޓަރ ޓައިރިއޯން ގެ ރޯލުންނެވެ. އަދި ޑިންކްލޭޖްގެ އިތުރުން މި ފިލްމުގެ ކާސްޓުގައި ރެޗެލް ޒެގްލާ އަދި ޓޮމް ބްލީތްވެސް ހިމެނެއެވެ.

މިހާތަނަށް މި ފްރެންޗައިސްގެ 4 ފިލްމެއް ނެރެފައިވާއިރު މި ފްރެންޗައެސްގެ ފުރަތަމަ ބައި ނެރެފައިވަނީ 2012 ވަނަ އަހަރުގައެވެ. އަދި ދެވަނަ ބައި 2013 ވަނަ އަހަރު، ތިންވަނަ ބައި 2014 ވަނަ އަހަރު، އަދި ހަތަރުވަނަ ބައި 2015 ވަނަ އަހަރުގައެވެ. މިއަންނަ އަހަރުގެ ނޮވެމްބަރ މަހު ސިނަމާތަކަށް ނެރުމަށް ހަމަޖެހިފައިވާ މި ފްރެންޗައިޒްގެ ޕްރީކުއެލް ބިނާކޮށްފައިވަނީ ސުޒާން ކޮލިންސް 2020 ވަނަ އަހަރު ނެރުނު ވާހަކަދަ ބެލޭ އޮފް ސޯންގްބާޑްސް އެންޑް ސްނޭކްސް އަށެވެ. މި ފިލްމު ޑައިރެކްޓް ކުރަނީ ފްރާންސިސް ލޯރެންސްއެވެ.

ޓެގްސް: ހޮޅިވުޑް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.