މި ލިޔުމުގެ މަތީގައިވާ ބޯޓަށް ވަރަށް ގާތުން ބަލާލަމާ، އޭގެ އެއް އިންޖީނުގައި ތަފާތު ކަމެއް ފާހަގަ ކުރެވޭތަ؟

ޓެކްނޯލޮޖީ

އެކްސްޕެރިމެންޓަލް އޯޕަން ފޭން އިންޖީނު ޓެސްޓް ކުރުމަށް އޭ380 ސުޕަޖަމްބޯ

ޒައިން ޠާލިބް - ދުނިޔެ | 27 ޖުލައި 2022 , ބުދަ 10:46   418

ދުނިޔޭގެ އެންމެ ބޮޑު ޕެސެންޖަރ ޖެޓް ކަމަށްވާ އެއަރބަސް އޭ 380 އަކީ ކާބަން ދޫކުރާ 20 އިންސައްތަ އާއި ހަމައަށް ކުޑަކުރުމަށް އެހީތެރިވެދޭނެ އުޅަދެކެވެ.

އޭގައި އެންމެ ޒަމާނީ ޕަންޕް ފޭން އިންޖީނު އަރކިޓެކްޗަރ ޓްރައިލް ކުރުމަށް ޑެމޮންސްޓްރޭޓަރެއްގެ ގޮތުގައި ބޭނުންކުރާނެއެވެ.

ނިމިގެން ދިޔަ އަންގާރަ ދުވަހު މި ޕްރޮޖެކްޓު ވަނީ އެއާރޮސްޕޭސްގެ އެންމެ ފަހުގެ އާ އުފެއްދުންތައް ދައްކާލުމަށްޓަކައި، އަހަރަކު އެއްފަހަރު ބާއްވާ ވިޔަފާރީގެ މައުރަޒެއް ކަމަށްވާ ލަންޑަންގެ ފާންބޮރޯ އެއާ ޝޯގައި ސީއެފްއެމް އިންޓަނޭޝަނަލްގައި ދަށްކާފައެވެ.

ފާއިތުވި އަހަރުތަކުގައި ދެރަ ސަނީބާއި ކުރިމަތިލާން ޖެހުނު އޭ380 "ސުޕަރޖަމްބޯ" ގައި ވައިގެ މަގުން ޓެސްޓްކޮށްފައިވަނީ އެންމެ ފަހުގެ އާ އުފެއްދުމެވެ. ގިނަ ބަޔަކު ލޯބިކުރި މަތިންދާބޯޓުގެ އުފެއްދުންތައް 2021 ވަނަ އަހަރު ހުއްޓާލީ ޑިމާންޑް ނެތުމުންނެވެ. މިހާރު ހުރި މަތިންދާބޯޓުތައް އެއާލައިންތަކުން ގްރައުންޑް ކުރިއިރު، އެއާލައިންތަކުން ގްރައުންޑް ކުރިއިރު، ދަތުރުތަކަށް ޑިމާންޑް ބޮޑުވުމުން ދާދި ފަހުން އަލުން އާލާވެގެން ދިޔައެވެ.

މިހާރުގެ އަމާޒަކީ ފްރާންސްގެ ޓޫލޫސްގައި ހުންނަ އެއާބަސް ފްލައިޓް ޓެސްޓް ފެސިލިޓީން މިއަހަރުގެ ފަހުކޮށް މިމަތިންދާބޯތު އުދުއްސަން ފެށުމެވެ.

ޓެގްސް: ދަތުރުފަތުރު ވައިގެ ދަތުރުތައް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.