ވޯޓްލާ މަރުކަޒެއްގެ ބޭރުގައި އެހީތެރިވުމަށް ތައްޔާރުވެގެން ތިބި އޮފިޝަލުންތަކެއް

ހަބަރު

ޑަބްލިއުޑީސީ ބައި-އިލެކްޝަން، ފިނި ތަރުޙީބަކާއި އެކު

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 23 ޖުލައި 2022 , ހޮނިހިރު 16:45   509

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި އިލެކްޝަން ރާއްޖޭގެ ދެ ސަރަޙައްދެއްގައި ކުރިއަށްދާއިރު، މިއިންތިޚާބުތަކަށް ލިބިފައިވަނީ ފިނި ތަރުޙީބެކެވެ.

އެކްސްޕްރެސް ނޫހަށް މަޢްލޫމާތު ދެއްވަމުން، އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ވޯޓުލުން ހަމަޖެހިފައި އޮތީ ހެނދުނު 8 އިން ހަވީރު 4 އަށް ނަމަވެސް ބައެއް ސަބަބުތަކާއި ހެދި ހުރިހާ ފޮއްޓެއްގެ ވޯޓުލުން ގަޑިއަށް ފެށިފައި ނުވާކަމަށެވެ.

މާލޭގައި ވޯޓުލުމަށްޓަކައި ހުރިހާ ފޮއްޓެއް ވެސް ބެހެއްޓިފައިވަނީ ހިރިޔާ ސްކޫލްގައެވެ. މިގޮތުން އެސްކޫލްގައި ޖުމްލަ 3 ފޮއްޓެއް ބެހެއްޓިފައިވެއެވެ.

އައްޑޫ ސިޓީ އިން ހިތަދޫ އާއި ތ. އަތޮޅު ވަންދޫ އިން ޖުމްލަ 12،397 މީހަކު ވޯޓުލުމުގެ ޝަރުތު ހަމަވާއިރު، ވޯޓް ފޮށިތައްް ބަންދުކުރަން ގަޑިއިރަކަށް ވީއިރު ހާހެއްހާ މީހުން ވެސް ވޯޓުލާފައި ނުވެއެވެ.

އައްޑޫ ހައިސްކޫލްގައި ވޯޓުލުން ކުރިއަށް ދަނީ
ެައައްޑޫ ހައިސްކޫލްގައި ވޯޓުލުން ކުރިއަށް ދަނީ
ނޫރާނީ ސްކޫލްގައި ވޯޓުލުން ކުރިއަށް ދަނީ
ހިތަދޫ ސްކޫލްގައި ވޯޓުލުން ކުރިއަށް ދަނީ

ޖުމްލަކޮށް ވޯޓުލާން ނިކުތް މީހުންގެ އަދަދު ހުރީ ދަށުގައެވެ. މިގޮތުން އައްޑޫ ސިޓީގެ އައްޑޫ ހައި ސްކޫލްގައި ބެހެއްޓިފައި ހުރި ވޯޓު ފޮއްޓަށް މެންދުރު 2 ޖެހުމާއި ހަމަޔަށް ވޯޓު ލާފައިވަނީ 50 މީހުންނަށް ވުރެ ވެސް މަދުންނެވެ. އެއީ 1600 މީހުންނަށް ވޯޓުލާން ނިކުންނަން އޮތް މަރުކަޒެކެވެ.

އެއްވެސް ދިމާލަކުން ކިއުގައި ޖެހިގެން ވޯޓުލާން ތިބި މަންޒަރު ފެނިފައި ނުވެއެވެ.

އިތުރު ފޮޓޯތައް އެފްބީ ޕޭޖްގައި/ ފޮލޯ ކުރައްވާ:

ޓެގްސް: އިންތިޚާބު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.