ސްނެޕްޗެޓް މޯބައިލް އެޕް

ޓެކްނޯލޮޖީ

ސްނެޕްޗެޓް އިން ލުބުނު އާމްދަނީ އަންދާޒާކުރި ވަރަށް ވުރެ މަދު

ދާނިޝް - އެމެރިކާ | 24 ޖުލައި 2022 , އާދީއްތަ 09:57   442

ސްނެޕް ކުންފުނީގެ ސްނެޕް-ޗެޓް އެޕް އިން މިއަހަރުގެ ދެވަނަ ކުއާޓަރގައި ލިބުނު އާމްދަނީ އަންދަޒާ ކުރި ވަރަށް ވުރެ މަދުވެ އެ ކުންފުނީގެ ހިއްސާގެ އަގު ވެއްޓިއްޖެއެވެ.

އެ ކުންފުނިން މައުލޫމާތު ދެއްވާ ގޮތުގައި މިއަހަރުގެ ދެވަނަ ކުއާޓާގައި އެކުންފުންޏަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 1.11 ބިލިއަން އެމެރިކާ ޑޮލަރެވެ. އަދި މި އަދަދާއި އެކު އެ ކުންފުނީގެ ހިއްސާގެ އަގު 25 އިންސައްތަ ވެއްޓިފައިވާ ކަމަށްވެސް އެ ކުންފުނިން މައުލޫމާތު ދެއްވައެވެ.

ބެލެވޭ ގޮތުގައު ސްނެޕް އަށް ލިބުނު އާމްދަނީ މަދުވެފައި މިވަނީ ސަޕްލައި ލިބުމުގެ ދަތިކަމާއެކު އިޝްތިހާރު ކުރެވޭ މިންވަރު މަދުވުމާއި ގުޅިގެންނެވެ. ހަމައެހެންމެ ތަކެތީގެ އަގު އުފުލުމާއި މުވައްޒަފުން ލިބުމުގެ ދަތިކަންވެސް މީގައި ބައެއް ކުޅެއެވެ. މީގެ އިތުރުން މާކެޓިންގ ދާއިރާގައި މހާރު އޮތް ވާދަވެރިކަމާއި އެކު މި މާކެޓުގައި އާމްދަނީ ހޯދުމަކީ އުނދަގޫ ކަމެއް ކަމަށް ދެކޭ ކަމަށް ސްނެޕްއިން ބުނެއެވެ.

ސްނެޕްގެ މާލީ ހިސާބުތައް މިފަދަ ނާޒުކު ފައްތަރެއްގައި ހާމަވިއިރު މި މާރކެޓުގައި ހަރަކާތް ތެރިވާ މަޝްހޫރު ބައެއް އެހެން ކުންފުނިތައް ކަމަށްވާ، މެޓަ އާއި އަލްފަބެޓްގެ ހިއްސާގެ އަގުތައް ވެސް ވަނީ ވެއްޓިފައެވެ. ޓުވިޓާ އަށް 270 މިލިއަން ޑޮލަރުގެ ގެއްލުމެއް މިދިޔަ ކުއާޓަރ ގައި ލިބިނު ކަންވެސް މިވަނީ ހާމަވެފައެވެ.

ޓެގްސް: ސޯޝަލްމީޑިއާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.