2019 ވަނަ އަހަރުގެ މިނިވަން ދުވަހުގެ ހަރަކާތް ތަކުގެ ތެރެއިން

ހަބަރު

ޚަރަދުކުޑަ ކުރުމުގެ ފިޔަވަޅެއްގެ ގޮތުން މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ ކުޑަކޮށްފި

ދާނިޝް - ދިވެހި ރާއްޖެ | 24 ޖުލައި 2022 , އާދީއްތަ 13:44   367

މިއަހަރުގެ މިނިވަން ދުވަހުގެ ޖަލްސާ ނުބާއްވާ ގޮތަށް ނިންމައިފި ކަމަށް ހޯމް މިނިސްޓްރީއިން ހާމަކޮށްފިއެވެ.

މީގެ އިތުރުން ދިދަ ނެގުމަައި ޕެރޭޑް ބޭއްވުން ފިޔަވައި އިތުރު ޙަރަކާތްތައް ނުބޭއްވުމަށް ވެސް ވަނީ ނިންމާފައެވެ.

މިކަމާއި ގުޅިގެން އެކްސްޕްރެސް ނޫހަށް މަޢްލޫމާތު ދެއްވި ގޮތުގައި ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ޖަލްސާ ނުބޭއްވިއަސް އެހެން އަހަރު ތަކެކޭ އެއްފަދައިން މިއަހަރުވެސް މިނިވަންދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވާނެ ކަމުގައެވެ. މި ހަރަކާތް އޮންނާނީ 26 ޖުލައިވާ އަންގާރަ ދުވަހުގެ ހެނދުނު 06:00 ގައި ޖުމްހޫރީ މައިދާނުގައެވެ.

މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ ކެންސަލް ކޮށްފައިވާއިރު އާންމުންނާއި ކުޑަކުދިންގެ ބޮޑު ތަރުޙީބެއް ލިބިފައިވާ ފުޅަނދުބުރުގެ ހަރަކާތް ވެސް ވަނީ މިއަހަރު ނުބޭއްވުމަށް ނިންމާފައެވެ. ނަމަވެސް މިއަހަރުވެސް މިނިވަންދުވަހުގެ ޕެރޭޑް ބާއްވަން ވަނީ ނިންމައިފައެވެ.

މީގެ އިތުރުން ރާއްޖޭގެ ހުރިހާ ރަށެއްގައި ގައުމީ ދިދަ ނެގުން އޮންނާނެއެވެ.

ހޯމް މިނިސްޓްރީ އިން ވިދާޅުވީ ޙަރަކާތްތައް މަދު ކުރީ ސަރުކާރުގެ ޚަރަދުތައް މަދުކުރުމުގެ އިތުރުން ކޮވިޑަށް ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.