ނޭމާ ޑަ ސަންޓޯސް ޖޫނިއާރ ދަނޑުމަތީގައި

ކުޅިވަރު

ޕީއެސްޖީއިން ނޭމާ ދޫކޮށްލަން އުޅޭ ކަމުގެ ވާހަކަތަކެއް ދެކެވެން ފަށައިފި

ދާނިޝް - ޔޫރަޕް | 25 ޖުލައި 2022 , ހޯމަ 10:30   410

ދުނިޔޭގެ އެންމެ މަޝްހޫރު އަދި ހުނަރުވެރި ފުޓުބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ބްރެޒިލްގެ ފޯވާރޑް ނޭމާ، އޭނާ މިހާރު ކުޅެމުން އަންނަ ކްލަބް ޕީއެސްޖީއިން ދޫކޮށްލާނެ ކަމުގެ ވާހަކަ ތަކެއް ދެކެވެން ފަށައިފިއެވެ. މިއާއި އެކު ކްލަބުން އޭނާގެ ކުރިމަގާމެދު ހުރި ޕްލޭންތައް ނޭނގޭކަމަށް ނޭމާ ބުނެފިއެވެ.

ނޭމާ މިހެން ބުނެފައިވަނި އެ ކްލަބުން މިހާރު ކުރިއަށް ގެންދަމުންދާ ޕްރީ ސީޒަނަލް ޓްރޭނިންގެ ތެރެއިން ޖަޕާނުގެ އުރަވާ ރެޑް ޑައިމަންޑްސް އާއި ދެކޮޅަށް ކުޅުނު މެޗަށް ފަހު މީޑިއާ ތަކާއި ވާހަކަ ދައްކަމުންނެވެ. އެގޮތުން މިހާރު މީޑިއާ ތަކުގައި ޕީއެސްޖީއިން އޭނާ ދޫކޮށްލަން އުޅޭ ވާހަކަ ތަކާއި ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެމުން އޭނާ ބުނީ ކްލަބުން އަދި މިހާތަނަށް އޭނާއަށް ވަކި ގޮތެއް އަންގައިފައިވާ ނުވާ ކަމުގައެވެ. އެހެންކަމުން އޭނާއާއި މެދު ކްލަބްގެ ޕްލޭންތައް ހުރި ގޮތެއް އޭނާއަށް ނޭގޭ ކަމަށް އޭނާ ބުންޏެވެ. ހަމައެހެންމެ ޕީއެސްޖީ ގައި އަދި ކުޅެން ބޭނުންވާ ކަންވެސް އޭނާ ވަނީ ހާމަކޮށްފައެވެ.

މެންޗެސްޓާ ސިޓީއިން ނޭމާ ގެންދަން މަސައްކަތް ކުރާ ކަމަށް މީޑިއާ ތަކުން ރިޕޯޓް ކުރަމުން ދިޔަ ވާހަކަތައް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ މިދިޔަ މަހުގެ ފަހުކޮޅު ދޮގުކޮށްފައެވެ.

އުމުރުން 30 އަހަރުގެ ކުޅުންތެރިޔާ އާއި ބެހޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެމުން ކްލަބްގެ ކޯޗު ކްރިސްޓޮފް ގަލްޓިއޭ ބުނެފައިވަނީ އެ ސުވާލަށް ޔަގީން ޖަވާބެއް ދެވެން ނެތް ކަމުގައެވެ.

"ކުރިއަށް އޮތް ދުވަސްތަކުގައި ވާނެ ގޮތެއް ނޭނގޭ. ޓްރާންސްފާ ޕީރިއަޑް ނިމުމުގެ ކުރިން ވެސް ވާނެ ގޮތެއް ނޭނގޭ. އެކަމާ އެއްވެސް ވަރަކަށް އަހަރެން އޭނާ އާއި ތިކަމާއި ގުޅޭ ވާހަކައެއް ނުދައްކަން." ކޯޗު ގަލްޓިއޭ ބުންޏެވެ.

ކޯޗް ގަލްޓިއޭގެ ވާހަކަތައް މިހެން ހުރި އިރު ނޭމާ އަށް ރިއަލް މެޑްރިޑުން އޮފާއެއް ލިބިފައިވާ ކަމަށް މީޑިއާ ތަކުން ދަނީ ރިޕޯޓުކުރަމުންނެވެ. މިކަމާއި ގުޅޭ ގޮތުން އަދި އެއްވެސް އެއްޗެއް ޕީެއސްޖީއިން އަދި ނޭމާވެސް ހާމަކޮށްފައެއް ނުވެއެވެ.

ޓެގްސް: ފުޓުބޯޅަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.