ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިނިވަން ދުވަސް ޙަރަކާތުގެތެރެއިން

ހަބަރު

ރައީސުލްޖުމްހޫރިއްޔާ ޤައުމާއި މުޚާތަބްކުރައްވައިފި

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 26 ޖުލައި 2022 , އަންގާރަ 10:29 1   450

ދިވެހިރާއްޖޭގެ މިނިވަން ދުވަހާއި ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ޤައުމާއި މުޚާތަބްކުރައްވައި ވާހަކަފުޅު ދައްކަވައިފިއެވެ.

ރައީސްގެ ވާހަކަފުޅުގައި ދިވެހި ފަސްގަނޑުގެ ދިފާޢުގައި ދޮންބާޑަރައިންނާއި، އަލި ރަސްގެފާނާއި، ޝަހީދު ހުސެން އާދަމްގެ ހަނދާން އާކޮށް އެބޭބޭފުޅުން ކޮށްދެވި އަގުހުރި ޚިދުމަތުގެ ޒިކުރާ އާކުރައްވާފައެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި މިނިވަންކަން ލިބިގަތުމާއި ދެމެހެއްޓުމުގައި އެއްބައިވަންތަވެ ތިއްބެއްވުމަށް އިލްތިމާސްކުރައްވާފައެވެ. ޚިޔާލުތަފާތުވުންތައް ހުއްޓަސް، އަދި އެއީ އިންސާނީ ތޮބީއަތަކަށް ވިޔަސް، އެއްބައިވަންތަވެގެން ނޫނީ މިނިވަންކަން ހޯދުނު ގައުމެއް ނެތް ކަމަށެވެ.

އެމަނިކުފާނުގެ ވާހަކަކޮޅުގައި އިތުރުފަހަގަކުރެވޭ ބައެއް ކަންކަން:

  • ރާއްޖޭގެ ޚާރިޖީ ސިޔާސަތަކީ ހަމަހަމަ ސިޔާސަތެއް، ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު ބައްޓަންކުރާނީ، ދިވެހިރާއްޖެއަށް އެންމެ މަންފާ ބޮޑުގޮތަށް
  • ރާއްޖޭގެ ޙާލަތު މިދިއަ އަހަރާއި އަޅާބަލާއިރު މިއޮތީ ތަފާތުގޮތަށް. ކޮވިޑްގެ ޙާލަތުން އަރައިގަނެވުނުއިރު މާދުރުގައި ހިނގާ ހަނގުރާމައަކުން ބޮޑު އަސަރުތަކެއް ދަނީ އިގްތިސާދަށް ކުރަމުން.
  • ނަމަވެސް، އެހެން ގައުމުތަކާއި އަޅާބަލާއިރު ރާއްޖެއަށް ލިބެމުންދާ ގެންލުން ނިސްބަތުން ކުޑަ
  • ސަރުކާރުގެ ޚަރަދު މިދަނީ ކުޑަކުރަމުން، އަދި ޢާމްދަނީ އިތުރު ކުރުމަށްޓަކައި ބަދަލު އެބަގެންނަން.
  • ތެލަށް 341މ ރުފިޔާ އެއީ މުޅިއަހަރަށް ބަޖެޓް ކުރެވުނު. އެއީ މީގެ ކުރިން މުޅިއަހަރަކަށް ހޭދަ ކުރާވަރު ނަމަވެސް، މިއަހަރުގެ މިހާތަނަށް 910.3 މިލިއަން ރުފިޔާ ތެލުގެ ސަބްސިޑީއަށް ޚަރަދުކުރެވިފައިވޭ. މީގެތެރޭގައި މަސްވެރިނަށްދޭ ސަބްސިޑީ ވެސް ހިމެނޭ. މިއަހަރު ނިމޭއިރު ޖުމްލަ، 1.95 ބިލިއަން ރުިފޔާ ސަރުކާރުން ސަބްސިޑީއަށް ޚަރަދު ކުރަން ޖެހޭނެ.
  • އެންމެ ބޭނުން ޖެހިފައިވާ ފަރާތްތަކަށް ލިބިދެވޭގޮތަށް، ،ސަބްސީ ދޭގޮތަށް ބަދަލު ގެނައުމުގެ މަސައްކަތް ފަށައިފި.
  • ހައިޖާނަކީ މިނިވަންކަން ރަމްޒުކޮށްދޭ ކަމެއް ނޫން. އެއްވެސް މީހަކު ބާކީކޮށްގެން ހަމަޖެހުން ގާއިމު ނުކުރެވޭނެ.
ޓެގްސް: މިނިވަންދުވަސް ފާހަގަކުރުން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.