އެމެރިކާގެ ބޭއްވުނު ޕޮޕް ކަލްޗަރ އިވެންޓްގެ ތެރެއިން

މުނިފޫހިފިލުވުން

އެވެންޖާސްގެ އިތުރު ދެ ފިލްމެއް އިއުލާނު ކޮށްފި

ދާނިޝް - އެމެރިކާ | 27 ޖުލައި 2022 , ބުދަ 08:36   470

މާވެލް ފޭނުންގެ މެދުގައި މަގުބޫލު ސުޕާހީރޯ ފިލްމެއް ކަމަށްވާ "އެވެންޖާސް" ގެ އިތުރު ދެ ފިލްމެއް މާވެލް ސްޓޫޑިއޯސް އިން އިއުލާނު ކޮށްފިއެވެ.

މިހާތަނަށް އެވެންޖާސްގެ 4 ފިލްމެއް ނެރެފައިވާ އިރު އަލަށް އިއުލާނުކޮށްފައިވާ ދެ ފިލްމަކީ "އެވެންޖާޒް:ކޭންގް ޑައިނާސްޓީ" އާއި "އެވެންޖާޒް:ސީކްރެޓް ވޯސް" އެވެ. މި ދެ ފިލްމުގެ ވާހަކަ އިއުލާނު ވެގެން ދިޔައީ އެމެރިކާގައި ބޭއްވުނު ޕޮޕް ކަލްޗަރ އިވެންޓެއްގައެވެ. މީގެ ތެރެއިން "އެވެންޖާޒް: ކޭންގް ޑައިނާސްޓީ" ރިލީޒްކުރަން ތާވަލުކޮށްފައި ވަނީ 2025 ވަނަ އަހަރުގެ މެއި މަހުގެ 2 ވަނަ ދުވަހުގައެވެ. އަދި "އެވެންޖާޒް: ސީކްރެޓް ވޯސް" ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ ހަމަ އެ އަހަރުގެ ނޮވެމްބަރ މަހުގެ 7 ވަނަ ދުވަހުގައެވެ.

މާވެލް ކޮމިކްސްގެ "އެވެންޖާޒް" އަށް ބިނާކޮށް ހެދި ފުރަތަމަ ފިލްމު "އެވެންޖާޒް" ދައްކާފައިވަނީ 2012 ވަނަ އަހަރުއެވެ. އަދި 2ވަނަ ފިލްމު ގެނެސްދީފައިވަނީ 2015 ވަނަ އަހަރެވެ. އެއީ "އެވެންޖާޒް: އޭޖް އޮފް އަލްޓްރޯން" އެވެ. އެ ފިލްމަށް ވަނީ 1.4 ބިލިއަން އެމެރިކާ ޑޮލަރުގެ އާމްދަނީއެއް ހޯދާފައެވެ. މި ދެ ފިލްމުވެސް ޑައިރެކްޓުކޮށްފައިވަނީ ޖޮސް ވިޑެންއެވެ.

އެވެންޖާސްގެ ފިލްމު ތަކަކީ ވަރަށް ކާމިޔާބު ފިލްމްތަކެއް ކަން ފާހަގަކޮށް ލެވެއެވެ. އެގޮތުން 2018 ވަނަ އަހަރު ރިލީޒް ކުރި"އެވެންގާޒް: އިންފިނިޓީ ވޯ " އަށް ބިލިއަން ޑޮލަރުގެ އާމްދަނީ އެއް ލިބިގެންދިޔައެވެ. އަދި އެއަށް ފަހު 2019 ވަނަ އަހަރު ރިލީޒްކުރި އެންޑްގޭމް އަށް 2.8 ބިލިއަން ޑޮލަރުގެ އާމްދަނީ އެއް ލިބިގެން ދިޔައެވެ.

ޓެގްސް: ހޮޅިވުޑް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.