މަރަދޫފޭދޫގައި ކުޅެވުނު ރަޙްމަތްތެރިކަމުގެ ފުޓްސަލް މެޗުގެތެރެއިން

ހަބަރު

މަރަދޫ އަދި މަރަދޫ ފޭދޫ ރައްޔިތުންގެ މެދުގައި އޮތް އެކުވެރިކަމުގެ ގުޅުމުގެ މިސާލެއް

ދާނިޝް - އައްޑޫ އަތޮޅު | 27 ޖުލައި 2022 , ބުދަ 16:08   462

ދިވެހި ރާއްޖޭގެ މިނިވަން ދުވަހާއި ގުޅިގެން މަރަދޫ އާއި މަރަދޫފޭދޫ އަވަށު އޮފީސް ތަކުގެ މެދުގައި އެކުވެރިކަމުގެ ފުޓްސަލް މެޗެއް ކުޅެފިއެވެ.

މި މެޗަކީ މަރަދޫ ކައުންސިލާއި މަރަދޫ އަވަށު އޮފީހުގެ ޒިންމާދާރު ވެރިޔާ މުޙައްމަދު ޙަލީމް އާއި މަރަދޫ ފޭދޫ ކައުންސިލާއި މަރަދޫފޭދޫ އަވަށު އޮފީހުގެ ޒިންމާދާރު ވެރިޔާ އިބްރާހީމް މުސާގެ އިސްނެންގެވުމުގެ މަތިން މަރަދޫފޭދޫ ކޮމިއުނިޓީ ސެންޓާރ އާއި ގުޅިގެން އިންތިޒާމު ވެގެން ދިޔަ މެޗެކެވެ.

މި މެޗުގެ ކަން ކަން އިންތިޒާމު ކުރުމުގައި އެންމެ އިސް ސަފުގައި ހަރަކާތް ތެރިވި މަރަދޫފޭދޫ ކޮމިއުނިޓީ ސެންޓާރގެ އިސް ފަރާތެއް ކަމަށްވާ އަބްދުﷲ މަސީޙް އެކްސްޕްރެސް ނޫހާއި ވާހަކަ ދައްކަމުން ވިދާޅުވީ މި މެޗަކީ މަރަދޫފޭދޫ ކޮމިއިނިޓީ ސެންޓާރ އާއި ދެ ރަށު ކައުންސިލާއި އަވަށި އޮފީސްތައް ގުޅިގެން ކުރިއަށް ގެންދެވޭނެ ސިލްސިލާ މެޗް ތަކެއްގެ ފެށުން ކަމުގައެވެ. އޭނާ ވިދާޅުވި ގޮތުގައި މި މެޗުގެ މަގްސަދަކީ އަވަށްތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް މުވައްޒަފުންގެ ދުޅަހެޔޮކަން ކަށަވަރު ކުރުމަށާއި ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ބާރުއެޅުމެވެ.

މަރަދޫ އަވަށު އޮފީހާއި މަރަދޫފޭދޫ އަވަށު އޮފީސް ބައްދަލު ކުރި މި ފޯރިގަދަ މެޗުން މޮޅުވީ މަރަދޫ އަވަށު އޮފީހެވެ. އާންމުންގެ ބޮޑު ތަރުހީބެއް މި މެޗަށް ލިބިގެން ދިޔައިރު މިފަދަ އިތުރު މެޗް ތަކެއް މަސްވެރިންގެ ދުވަހާއި މިނިވަން ދުވަސްފަދަ މުނާސަބަތު ތަކާއި ގުޅުވާގެން އައްޑޫގެ އެހެން އަވަށް ތަކާއި އެކުވެސް ކުޅެވިގެން ދާނެކަމަށް މަސީޙް ވިދާޅުވިއެވެ.

"މި ކަމުގެ ކަންކަން އިންތިޒާމު ކުރުމަށް މަރަދޫ އާއި މަރަދޫފޭދޫ އޮފީސްތައް ގުޅިގެން ކުޑަ ވަރެއްގެ ކޮމިޓީއެއް ގާއިމްކުރެވިފައި ވޭ. އަދި އެ ކޮމިޓީއިން މިފަދަ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް މަޝްވަރާ ކުރެވިގެން އެބަދޭ" މަސީޙް ވިދާޅުވިއެވެ.

މެޗުގެ ނަތީޖާ އާއި މެދު ވާހަކަ ދައްކަވަމުން މަސީޙް ވަނީ މެޗްއިން ހާސިލް ކުރަން ބޭނުންވި ލަނޑުދަނޑި ހާސިލްވެފައިވާ ކަން ހާމަކޮށްފައެވެ.

" ކުޅިވަރު ތެޜޭގައި ނުއުޅޭ މުވައްޒަފުން ނިކުމެ ކުރި މަސައްކަތައް ބަލައި އިރު މެޗުގެ މަޤްސަދު ހާސިލުވި. މޮޅު ވުމަށް ވުރެ ބޮޑަށް މުވައްޒަފުން ހެލިފެލިވެ މިފަދަ ހަރަކާތްތަކުގައި ބައިވެރިވާ މަންޒަރު ފެނުން އެއީ ކައުންސިލާއި އަވަށު އޮފީސް ތަކުގެ ވެސް ވިސްނުން" މަސީޙް ވިދާޅުވިއެވެ.

މީގެ އިތުރުން މިފަދަ ހަރަކާތެއްގެ އަމާޒަކީ އައްޑު އަތޮޅުގެ އަވަށް ތަކުގެ މެދުގައި އޮތް ރަހުމަތްތެރި ކަމުގެ ގުޅުން އިތުރަށް ބަދަހި ކުރުން ކަން ފާހަގަ ކުރަމުން މަސީޙް ވިދާޅުވީ މި މެޗް އިންތިޒާމު ކުރުމުގައި މަރަދޫ އަދި މަރަދުފޭދޫ އަވަށު އޮފީސް ތަކުގެ މުވައްޒަފުންގެ ފުރިހަމަ އެއްބާރުލުން ލިބުނު ކަމުގައެވެ. އަދި މުވައްޒަފުންގެ މެދުގައި އޮތް އެކުވެރިކަމުގެ ރޫޙު މި މެޗުން ހާމަވެގެން ދިޔަ ކަންވެސް އޭނާ ފާހަގަކުރިއެވެ.

ޓެގްސް: މިނިވަންދުވަސް ފާހަގަކުރުން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.