ރޭސިންގައި ބޭނުންކުރާ ރައްކާތެރިކަމާއި ބޭނުން ކުރާ ސޭފްޓީ ގިއާއާ ބެހޭ ގޮތުން ވާހަކަ ދައްކަވަނީ

ހަބަރު

އައްޑޫ މޮޓޯ ރޭސިން އެސޯސިއޭޝަން އިފްތިތާހު ކުރުމުގެ ހަފްލާ ބާއްވައިފި

ޒައިން ޠާލިބް - އައްޑޫ އަތޮޅު | 27 ޖުލައި 2022 , ބުދަ 15:21   964

މި ހަފްލާ ކުރިއަށްގެންގޮސްފައި ވަނީ އައްޑޫ ސިޓީ ހިތަދޫ ސިޓީސްކުއެއާ ގައި އިއްޔެ ހަވީރުއެވެ.

މި ހަފްލާ ޝަރަފުކޮށްދެއްވީ އައްޑޫ ސިޓީގެ ޑެޕުއިޓީ މެޔާ މުޙައްމަދު ޝުޢާއުއެވެ. އަދި މިޙަރަކާތުގެ މެއިން ސްޕޮންސާރ އަކީ ދިރާގެވެ. ދިރާގުގެ ފަރާތުން ރީޖަނަލް މެނޭޖަރ އަހުމަދު ނަދީމް ބައިވެރިވެވަޑައިގެންނެވިއެވެ.

އިއްޔެގެ ހަފްލާގައި އައްޑޫ މޮޓޯ ރޭސިން އެސޯސިއޭޝަންގެ ފަރާތުން ވާހަކަ ދައްކަވަމުން އެ އެސޯސިއޭޝަންގެ ސެކެޓްރީ ޖެނެރަލް، އަމާން ވަހީދު ވިދާޅުވީ މި އެ އެސޯސިއޭޝަންގެ މައިގަނޑު މަޤްޞަދަކީ އައްޑޫ ސިޓީގެ މަގުތައް އަމާންތަނެއްގެ ގޮތުގައި ހެދުމާއި، މަގުމަތީގައި ހިނގަމުން ދާ ނުރައްކާތެރި އެކްސިޑެންޓްތައް މަދުކުރުން ކަމަށެވެ. އަދި މަޤްބޫލު ކުޅިވަރެއްގެ ގޮތުގައި މިކުޅިވަރު ހެދުމެވެ.

އަމަން އިތުރަށް ވިދާޅުވީ، މިވަގުތަށް ބޭނުން ވާ ހުރިހާ ސަލާމަތީ ގިއަރާއި އެހެނިހެން ސާމާނު ހަމަކުރެވިފައިވާކަމަށެވެ. އަދި މިވަގުތު އައްޑޫ މޮޓޯ ރޭސިން އެސޯސިއޭޝަންގައި ގާތްގަނޑަކަށް 37 ވަރަކަށް ފަރާތުން އެކްޓިވްކޮށް ޙަރަކާތްތެރިވަމުންދާކަމަށެވެ.

އެސޯސިއޭޝަންގެ ޙަރާކާތްތައް ކުރިއަށް އޮތްތަނުގައި ބާއްވާއިރު ފުލުހުންނާއި އައްޑޫ ސިޓީ ކައުންސިލްގެ އެހީތެރިކަން ލިބިގެންނެވެ. އެ ގޮތުން މަގު ބަންދުކޮށް ކޮންމެ ބުރާސްފަތި ދުވަހެއްގެ ރޭ އައްޑޫ ސިޓީސްކުއެއާގައި ފަރިތަކުރުން އޮންނާނެއެވެ.

އިއްޔެ ބޭއްވުނު ޙަރަކާތުގެ ތެރެއިން

މުސްތަގްބަލުގައި ވެސް މި ހަރަކާތްތައް ބާއްވާއިރު އިއްޑޫ ސިޓީ ކައުންސިލުން ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށް އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން ޑެޕިއުޓީ މޭޔަރ މުހައްމަދު ޝުޢާއު ވިދާޅުވެފައިވެއެވެ. އެގޮތުން އައްޑޫ ސިޓީގެ މަގުތައް ހެދުމުންދާއިރު މިހަރާކާތްތައް ކުރިއަތްގެންދާނެ ފުރުސަތު މަގުފަހިިވާގޮތަށް މަގުތަށް ތައްޔާރުކުރެވޭނެކަމަށް ކައުންސިލުން ވިދާޅުވެފައިވެއެވެ.

މި ހަރަކާތްތައް ކުރިއަށްގެންދިއުމުގައި ކުޅިވަރުގެ ދާއިރާގެ ފުންނާބު އިސްފަރާތެއް ކަމަށްވާ މަރޭގެ އިތުރުން ގިނަ އެހެން ފަރާތްތަކުގެ އެހިތެރިކަން ވަރަށް ބޮޑަށް ލިބެމުން ދާކަން އައްޑޫ މޮޓޯ ރޭސިން އެސޯސިއޭޝަނުން ފާހަގަކުރައްވައެވެ. އަދި އެހުރިހާ ފަރާތްތަކަށް ވެސް ޝުކުރު އަދާކުރެއްވިއެވެ.

މިޙަރަކާތުގެ ލައިވް ކަވަރޭޖް (ރެކޯރޑިންގ)

ޓެގްސް: މޮޓޯ ރޭސިންގ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.