އެމްޓީސީސީގެ މިނީބަސް ދައްކާލުން

ހަބަރު

ސްކޫލް ކުދިންނާއި އުމުރުން ދުވަސްވީ މީހުންނަށް މިނީބަހުގެ ދަތުރުތައް ހިލޭ

ދާނިޝް - އައްޑޫ އަތޮޅު | 27 ޖުލައި 2022 , ބުދަ 18:01   370

ރާއްޖެ ޓްރާންސްޕޯޓް ލިންކުގެ ދަށުން މާލެއާއި އަތޮޅުތަކުގައި ފެށުމަށް ތައްޔާރު ވަމުންދާ މިނީ ބަހުގެ ޚިދުމަތް ސްކޫލްކުދިންނާއި، ޚާއްސަ އެހީއަށް ބޭނުންވާ މީހުން އަދި އުމުރުން ދުވަސްވީ މީހުންނަށް ހިލޭ ފޯރުކޮށްދެވޭނެ ކަމަށް އެމް.ޓީ.ސީ.ސީން ވިދާޅުވެއްޖެއެވެ.

މާލޭގެ އިތުރުން ލ. އަތޮޅާއި، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީގައި ފެށުމަށް ތައްޔާރު ވަމުންދާއިރު މާލެއާއި އަތޮޅުތަކުގައި މިނީ ބަހުގެ ޚިދުމަތް ދިނުމަށް ބޭނުންވާ 41 ބަހުގެ ތެރެއިން 36 ބަސް މިމަހުގެ 16 ވަނަ ދުވަހު އެމް.ޓީ.ސީ.ސީން ރާއްޖެއަށް ވަނީ ގެނެސްފައެވެ. މީގެ ތެރެއިން މާލޭގައި މި ޚިދުމަތް ދިނުމަށް 12 ބަހެއް ބޭނުންކުރާނެއެވެ. އަދި ބާކީ 24 ބަސް، އަތޮޅުތަކުގައި މި ޙިދުމަތް ފުރަތަމަ ފެށުމަށް ހަމަޖެހިފައިވާ 3 ސަރަޙައްދަށް ފޮނުވުމުގެ މަސައްކަތް އެމް.ޓީ.ސީ.ސީން މިހާރު ދަނީ ކުރަމުންނެވެ.

އަލަށް ގެނައި މިނީ ބަސްތަކަކީ 20 މީހުންގެ ޖާގައިގެ ބަސްތަކެކެވެ. އަދި މިއީ ޑީސެލް ބަސްތަކެކެވެ. މި ބަސްތައް ފަރުމާކޮށްފައިވަނީ ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށްވެސް ފަސޭހައިން ބޭނުންކުރެވޭ ގޮތަށެވެ. އެގޮތުން ފުރޮޅުލީ ގޮނޑީގައި ފަސޭހައިން ބަހަށް އަރައި ފޭބޭނެއެވެ.

ޓެގްސް: ދަތުރުފަތުރު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.