ރޮސްކޮސްމޮސްގެ ރޮކެޓް އީޖާދެއްގެ ފޮޓޯއެއް

ޓެކްނޯލޮޖީ

2024 އަށް ފަހު އައިއެސްއެސް ދޫކޮށްލާނަން - ރޮސްކޮސްމޮސް

ދާނިޝް - ޔޫރަޕް | 28 ޖުލައި 2022 , ބުރާސްފަތި 06:38   555

2024 އަށް ފަހު، އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (އައިއެސްއެސް) ދޫކޮށްލާނެ ކަމަށް ރަޝިއާގެ ޖައްވީ އިދާރާ ރޮސްކޮސްމޮސް އިން ބުނެފި އެވެ.

ރޮސްކޮސްމޮސްގެ ވެރިޔާ ޔޫރީ ބޮރިސޯފް މީޑިއާ ތަކަށް މައުލޫމާތު ދެއްވި ގޮތުގައި ރަޝިއާގެ ވިސްނުން ހުރީ ވީހާވެސް އަވަހަކަށް އަމިއްލަ ސްޕޭސް ސްޓޭޝަނެއް ގައްވުގައި ބިނާކުރުމަށެވެ. އަދި އެއާ އެކުވެސް އެހެން ގައުމުތަކާ އެކު އެއްބަސްވެފައި އޮތް ގޮތަށް ވާޖިބުތައް އަދާކުރަމުން ގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ލަފާކުރެވޭ ގޮތުގައި މިއީ ޖައްވީ ސްޓޭޝަން އިން ރަޝކއާއިން ވަކިވާން ނިންމި ނިންމުމާއި ގުޅިގެން ރޮސްކޮސްމޮސް އިން ދިން ޔަގީންކަމެކެވެ. އެ ނިންމުމާއި އެކު ނާސާއިން ވަނީ 2030 ވަނަ އަހަރުގެ ނިޔަލަށް ޖައްވީ މަސައްކަތް ތަކުގައި ރަޝިއާއި އެކު މަސައްކަތް ކުރުމަށް އުއްމީދު ކުރާ ކަން ހާމަކޮށްފައެވެ.

ނާސާގެ ވާހަކަތައް މި މޭރުމުން ހުރި އިރު މިހައި އަވަސް މުއްދަތެއްގެ ތެރޭގައި ރަޝިއާއިން ޖައްވީ ސްޓޭޝަން ދޫކޮށްލާނެ ކަން އޮއުލާނު ކުރުމަކީ ނާސާއަށް ވެސް ލިބިގެންދާނެ ސިހުމެއް ކަން ނާސާގެ އޮފިޝަލުންގެ ވާހަކަ ތަކުން ދޭހަވެއެވެ. އެގޮތުން އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ ތަރުޖަމާނު ނެޑް ޕްރައިސް ވަނީ ރަޝިއާގެ މި ނިންމުމާއި މެދު ކަންބޕޑުވާކަން ހާމަކޮށްފައެވެ. އޭނާ ވިދާޅުވީ ދެ ގައުމު ގުޅިގެން ސައެންޓިފިކް މުހިންމު މަސައްކަތްތަކެއް ކުރަން ރާވާފައި އޮއްވައި ރަޝިއާގެ މި ބަޔާނަކީ ލިބުނު ޝޮކެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ.

އައިއެސްއެސްއަށް މީހުންނާއި މުދާ މިހާރު އުފުލަނީ ރަޝިއާގެ ސޮޔުޒު ރޮކެޓްތަކުގަ އެވެ. އެހެންކަމުން، ރަޝިއާއިން މިހާ ކުރު މުއްދަތެއްގެ ތެރޭގައި ޖައްވީ ސްޓޭޝަނުން ދޫކޮށްފިނަމަ މިކަމުގެ ސަބަބުން އެމެރިކާއަށް ފޫނުބެއްދޭ ވަރުގެ ގެއްލުން ތަކަކާއި ކުރިމަތި ލާން ޖެހޭނެއެވެ.

ޓެގްސް: ޖައްވީ ހޯދުންތައް ރަޝިއާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.