ޑެޕިއުޓީ މިނިސްޓަރ މުޙައްމަދު އިކްރާމް އާއި މިނިސްޓްރީގެ އެހެން އޮފިޝަލުންނާއި އެކު، ޓައިޓަން މޯލްޑިވްސްގެ ރައީސް އަޙްމަދު ޝަރީފު (މ)

ހަބަރު

އާރޓްސް އެންޑް ކަލްޗަރ މިނިސްޓްރީ އިން އައްޑޫގައި ބޭއްވޭ އެކްސްޕޯ އާއި ގުޅޭގޮތުން މަޝްވަރާކުރައްވައިފި

ދާނިޝް - އައްޑޫ އަތޮޅު | 28 ޖުލައި 2022 , ބުރާސްފަތި 11:57   377

މިނިސްޓްރީ އޮފް އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖްގެ ޑެޕިއުޓީ މިނިސްޓަރ މުޙައްމަދު އިކްރާމް އާއި މިނިސްޓްރީގެ ބައެއް އެހެން ބޭފުޅުންނާއި އެކު، ކުރިއަށް އޮތް މަހުގައި އައްޑޫގައި ބޭއްވުމަށް ތައްޔާރުވަމުން އަންނަ "ސަދަން މޯލްޑިވްސް ބިޒްނެސް އެކްސްޕޯ" އާއި ގުޅޭގޮތުން، އިންތިޒާމްކުރާ ފަރާތްކަމުގައިވާ ޓައިޓެން މޯލްޑިވްސް އާއިއެކު މަޝްވަރާ ބައްދަލުވުންތަކެއް ބާއްވާއިފިއެވެ.

މިބައްދަލުވުންތަކުގައި އެކްސްޕޯގައި މިނިސްޓްރީއަށް އަދާކޮށްދެވިދާނެ ދައުރާއި ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. ޓައިޓެން މޯލްޑިވްސްގެ ފަރާތުން މަޝްވަރާތަކުގައި ބައިވެރިވެވަޑައިގެންނެވީ، މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް އެވެ.

މި ބައްދަލުވުންތަކުގައި ދެކުވުނު ބައެއް މުހިއްމު ނުކުތާތަކަށް ބަލާއިރު، ޑެޕިއުޓީ މިނިސްޓަރ އިކްރާމް ވަނީ އައްޑޫސިޓީގައި ތިބި ފަންނުވެރިންގެ ހުނަރާއި ، އައްޑޫ ސިޓީގެ ތާރީހާއި ސަގާފަތް ދައްކައި ރަމްޒުކޮށްދޭނެ ފަދަ ޕްރޮގްރާމް ތަކެއް ހިންގުމުގެ ޝައުގުވެރިކަން ހުރިކަން ހާމަކުރައްވާފައެވެ.

ހަމައެހެންމެ ޓައިޓެން މޯލްޑްވިސް އިސްނެންގެވުމާއި އެކު ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ހަރަކާތް ތަކާއި ދޭތެރޭ ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިގަންނަވައި ކަމާއި ވަރަށް ބޮޑަށް އުފާ ކުރައްވާ ކަމަށްވެސް ޑެޕިއުޓީ މިނިސްޓަރގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

މީގެ އިތުރުން ދިވެހި ރާއްޖެއަކީ ޓުއަރިޒްމް އަށް ބަރޯސާވެފައިވާ ގައުމެއް ކަން ފާހަގަކުރައްވަވައި ވާހަކަފުޅު ދައްކަވަމުން ޑެޕިއުޓީ މިނިސްޓަރ ވަނީ ދިވެހިރާއްޖޭގެ ސަޤާފަތާއި އާދަކާދަ ދައްކާލުމުގައި ޓޫއަރިޒަމް ޑެސްޓިނޭޝަން މާރކެޓް ތެރެއަށް މިފަދަ ހަރަކާތްތައް ލުމަކީ މުހިންމު ކަމެއް ކަމަށް ވިދާޅުވެފައެވެ. އަދި މީގެ އިތުރަށްވެސް މިފަދަ ހަރަކާތްތައް ހިންގުމުގައި ސަރުކާރުގެ އެހެނިހެން އިދާރާ ތަކާއި އަމިއްލަ ފަރާތް ތަކާއި ގުޅިގެން ކުރެވިދާނެ ކަންކަމާއި ދޭތެރޭ މަޝްވަރާ ކުރައްވާނެ ކަމުގެ ޔަގީންކަންވެސް ޑެޕިއުޓީ މިނިސްޓަރ ދެއްވެވިއެވެ. އަދި މިކަމުގައި އެ މިނިސްޓްރީގެ ފަރާތުން އަދާކުރެވިދާނެ ދައުރާ ގުޅޭގޮތުންވެސް މަޝްވަރާ ކުރެވިގެން ދިޔައެވެ.

ސަދަން މޯލްޑިވްސް ބިޒިނަސް އެކްސްޕޯގެ ދެވަނަ އެޑިޝަން މިބޭއްވެނީ އައްޑޫސިޓީ ހިތަދޫގައެވެ. މިއީ ޓައިޓަން މޯލްޑިވްސްގެ ފަރާތުން އިންތިޒާމު ކޮށްގެން ހިންގޭ މިފަދަ ދެވަނަ އެކްސްޕޯއެވެ. މި އެކްސްޕޯގައި ރާއްޖެއިން ބޭރުގެ އިންވެސްޓަރުން ބައިވެރި ވާއިރު މި އިވެންޓްގެ ޙާއްސަ މެހެމާނުންގެ ގޮތުގައި ޔޫރަޕްގެ އެންމެ މަގުބޫލު މޮޑެލްގެ ގޮތުގައި ހޮވިފައިވާ ސާބިއާގެ ރީތީގެ ރާނީ އަންޔާ ރެޑިޗް، ސާބިއާގެ މިސް ސާބިއާގެ ޕްރެސިޑެންޑް އަދި ސޯޝަލް މީޑިއާ އިންފުލއެންޒާ ވެސްނާ ޑެވިންޗާގެ އިތުރުން މަޝްހޫރު ޖާރނަލިސްޓް ސްނެޒަނާ ބައިވެރިވާނެއެވެ.

ޓެގްސް: އެކްސްޕޯ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.