މިހާރު ބައެއް ރައްޔިތުންގެ ތެރޭގައި ޚިޔާލުތަފާތުވުން ބޮޑުވެފައިވާ ޔޯގާ ހެދުމާއި މިއުޒިކް ކުޅުމުގެ މައްސަލައިގައި، ކުރީގެ ރައީސް މައުމޫން ބަޔާނެއް ނެރުއްވައިފިއެވެ.
އަލްއުސްތާޒް މައުމޫން ޢަބްދުލްޤައްޔޫމް ނެރުއްވާފައިވާ ހަތަރު ސޮފްޙާގެ ބަޔާނުގައިވާގޮތުން ޙަލާލާއި ޙަރާމް އަކީ ﷲ ފިޔަވައި އެހެން ފަރާތަކަށް ކަނޑައެޅުމުގެ ޙައްގާއި ބާރާއި އިޙްތިޔާރު ލިބިފައިވާކަމެއް ނޫނެވެ. ހަމައެގޮތަށް ސުންނަތް ކަންކަމާއި މަކްރޫހަކަންކަން ވެސް ކަނޑައަޅުއްވާ ފަރާތަކީ އެފަރާތްކަމަށެވެ.
އެމަނުކުފާނުގެ ބަޔާނުގައިވާ އިތުރަށް ވާގޮތުން، އެއީ ނިބީ ބޭކަލުންކަލުންނަށް ވެސް ލިބިގެން ނުވި ބާރެއްކަމަށެވެ. އެމަނިކުފާނު ވަނީ، ގުރުއާނުގެ އަލީގައި ހަރާމްކަންކަން ކަނޑައެޅިގެންދާ ގޮތް މިސާލާއި ދަލީލާއިއެކު ދައްކަވާފައެވެ.
ޙަރާމްކުރައްވާފައި ނުވާ ކޮންމެކަމަކީ ހުއްދަކަމެއް.
~ މައުމޫން އަބްދުލްގައްޔޫމް، ކުރީގެ ރައީސް
އިސްލާމްދީނުގައި ޙަރާމްކުރައްވާފައިވާ ކަންތައްތަކާ ބެހޭގޮތުން ނަޒަރު ހިންގާލާއިރު، އިސްލާމްދީނަކީ ލުއިފަސޭހަ، އަދި ހުރިހާ ޒަމާނަކަށާއި ތަނަކަށް އެކަށީގެންވާ ނިޒާމެއްކަން ސާބިތުކޮށްދޭ ވަރަށް މި މުހިއްމު ނުކުތާއަށް ސަމާލުކަން ދޭންޖެހޭކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
