ސްރީލަންކާގެ މަންޒަރެއް

ހަބަރު

ދަރަނި އަދާކުރެވޭނެ ގޮތްތަކެއް ރާވަން އައިއެމްއެފް އިން ލަންކާއަށް ގޮވާލައިފި

ދާނިޝް - ލަންކާ | 28 ޖުލައި 2022 , ބުރާސްފަތި 15:03   431

ސްރީލަންކާއިން ދައްކަން ޖެހިފައިވާ ދަރަނިތައް އަދާކުރެވޭނެ ހަރުދަނާ ގޮތްތަކެއް ރާވަން އިންޓަނޭޝަނަލް މަނީޓަރީފަންޑް (އައިއެމްއެފް) އެ ގައުމަށް ގޮވާލައިފިއެވެ.

އިގްތިސާދީ އަނދަވަޅަކަށް ވެއްޓިފައިވާ ސްރީލަންކާއަށް އެ ގައުމު އަލުން ނަގައި ކޮޅަށްޖެހުމަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީވެސް އެ ގައުމުން ދައްކަން ޖެހޭ ދަރަނި ދެއްކޭނެ ގޮތެއް ނެތުމެވެ. އަދި މިކަމުގެ ސަބަބުން ދުނިޔޭގެ މާލީ އިދާރާތަކުން އެހީ ހޯދުމުގައި ވެސް އެ ގައުމަށް ވަނީ ދަތިވެފައެވެ.

މިގޮތުން މިއަހަރުގެ ކުރީކޮޅު އައިއެމްއެފް އިން ވަނީ ލަންކާއިން އެ ގައުމުން އަދާ ކުރަންޖެހޭ ދަރަނިތައް އަދާ ކުރުމުގެ ޕްލޭނެއް ނުރޭވޭހާ ހިނދެއްގައި އެ އިދާރާއަށް އެއްވެސް އެހީތެރިކަމެއް ފޯރު ކޮށް ނުދެވޭނެ ކަން ހާމަކޮށްފައެވެ. އަދި ދަރަނި ދީފައި ހުރި ގައުމުތަކާ އެކު، ޚާއްސަކޮށް ޗައިނާ އާއެކު މަޝްވަރާކޮށް ދަރަނި ދެއްކާނެ ކަމުގެ ޔަގީންކަން ހޯދުމަށް ސްރީ ލަންކާއަށް އެ އިދާރާއިން ވަނީ ގޮވާލާފައެވެ. އަދި މި ކަމުގައި ލަންކާއަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދޭން އެ އިދާރާއިން ތައްޔާރުކަމަށް ވެސް އައިއެމްއެފް އިން ވަނީ ބުނެފައެވެ.

ލަންކާގެ ތަރައްގީއަށް ޗައިނާ އިން 6.5 ބިލިއަން ޑޮލަރު ނަގާފައި ހުރި ކަމަށް މާލީ އިދާރާތަކުން ބުނަމުންދާ އިރު އެހެނިހެން މާލީ އިދާރާތަކުން ލޯނުގެ ގޮތުގައި ނަގާފައި ހުރި ބޮޑެތި އަދަދުތައް ދެއްކާނެ ގޮތްތަކެއް ވެސް ލަންކާ ހޯދަން ޖެހެއެވެ. ލަންކާގެ އިޤްތިސާދު ދިރާސާ ކުރައްވާ މާހިރުން ދެކިވަޑައިގަންނަވައި ގޮތުގައި ލަންކާގެ މާލީ ނިޒާމު ބަދަލުކޮށްގެން ނޫން ގޮތަކަށް އިގުތިސޯދީ ކާރިސާއިން އަރައިގަތުން ފަސޭހައެއް ނުވާނެ އެވެ.

ޓެގްސް: ސްރީލަންކާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.