އިންޑޮނޭޝިއާ އަށް ދަތުރުކުރާ ދިވެހިންނަށް އޮން-އެރަވަލް ވިސާ ދޫކުރަން ފަށައިފިއެވެ. މިކަން ހާމަ ކުރައްވަވާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވަނީ އިންޑޮނީޝިއާއަށް ދަތުރުކުރާ ދިވެހިންނަށް އޮން އެރައިވަލް ވިސާ ލިބޭނެ ގޮތް ހަމަޖެއްސުމުގައި އެ ގައުމުގެ ފޮރިން މިނިސްޓަރު ރެޓްނޯ މާސުޑީއަށް ޝުކުރު އަދާކުރައްވައިފައެވެ.
އިންޑޮނޭޝިއާއިން ރާއްޖެ ހިމެނޭހެން ޖުމުލަ 75 ގައުމަކަށް އޮން އެރައިވަލް ވިސާ މިހާރު ދޫކުރަމުންދެއެވެ. ހަމައެހެންމެ
އިންޑޮނޭޝިއާއަކީ ދިވެހި ވިޔަފާރިވެރިން ވަރަށް ގިނައިން ދަތުރުކުރާ ގައުމެކެވެ.
މިފަދަ ލުޔެއް ލިބިގެން މިދިއައީ ރާއްޖޭގެ ރައީސް މުޙައްމަދު ސޯލިޙް އިންޑޮނޭޝިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރު ދޭވީ ގުސްތީނާ ޓޯބިންގެ ސަފީރުކަމުގެ ފަތްކޮޅު އެރުވުމަށް މިދިޔަ މެއި 17 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި މި ކަމަށް އެދިވަޑައިގެންފައި ވަނިކޮށެވެ.