އީރާގުގެ ގްރީން ޒޯންގައި ކުރަމުންދާ މިޒާހަރާގެ ތެރެއިން

ދުނިޔެ

އީރާގުގެ މުޒާހަރާތައް އިތުރަށް ވަރުގަދަ ކޮށްފި

ދާނިޝް - މެދުއިރުމަތި | 29 ޖުލައި 2022 , ހުކުރު 09:50   313

އިރާގުގެ ސަރުކާރާއި ދެކޮޅަށް މިހާރު އެ ގައުމުގެ އާންމުން ކުރަމުން އަންނަ މުޒާހަރާތައް އިތުރަށް ވަރުގަދަ ކޮށް އެ ގައުމުގެ ވެރިރަށް ބަޣުދާދުގެ ގްރީން ޒޯންގައި ހުންނަ އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ތެރެއަށް މުޒާހަރައިގެ ބައިވެރިން ވަދެފިއެވެ.

މި މުޒާހަރާ ތަކަކީ އެ ގައުމުގެ ޝީއީ ލީޑަރެއް ކަމަށްވާ މުޤުތަދާ އަލް-ސަދުރަށް ތާއިދުކުރާ ފަރާތް ތަކުން މިދިޔަ އަހަރުގެ އޮކްޓޯބަރ މަހު ބޭއްވި އާއްމު އިންތިހާބުގައި އެންމެ ގިނަ ގޮނޑި އަލް-ސަދުރު ކާމިޔާބު ކޮށްފައި ވީނަމަވެސް އަދިވެސް ސަރުކާރެއް އެކުލަވާލުމުގެ ފުރުސަތު އޭނާއަށް ނުދޭތީ ހިންގަމުންދާ މުޒާހަރާ ތަކެކެވެ.

އެ އިންތިހާބުގައި ގާނޫނު ހަދާ މަޖިލީހުގެ 329 ގޮނޑީގެ ތެރެއިން 73 ގޮނޑި ކާމިޔާބު ކުރީ އަލް-ސަދުރަށް ތާއިދުކުރާ ފަރާތްތަކުންނެވެ. އެހެން އެއްވެސް ޕާޓީއަކަށް އެއަދަދަށް ގޮނޑި ލިބިފައި ނުވާކަން ފާހަގަކޮށްލެވެއެވެ.

އިރާޤުގެ ބޮޑުވަޒީރު މުސްތަފާ އަލް-ކަދެމީ ވަނީ މުޒާހަރާ ކުރާ ފަރާތްތަކުން ގްރީން ޒޯން ދޫކޮށް ދިއުމަށް އަންގާ ބަޔާނެއް ނެރުއްވާފައެވެ.

ބަޣުދާދުގެ ގްރީން ޒޯނަކީ އިރާޤު ސަރުކާރުގެ މުހިއްމު އިމާރާތްތަކުގެ އިތުރުން ބޭރުގެ ޑިޕްލޮމެޓިކް މިޝަންތަކުގެ އިމާރާތްތަކާއި އެމްބަސީތައް ވެސް ހުންނަ ސަރަހައްދެކެވެ. އެ ގައުމުގެ ބޮޑުވަޒީރު ނެރުނު ބަޔާނުގައި ވަނީ ސަރުކާރުގެ އިދާރާތަކާއި ބޭރުގެ ޑިޕްލޮމެޓިކް މިޝަންތަކުގެ ހިމާޔަތުގައި ސަލާމަތީ ބާރުތަކުން މުޒާހަރާ ކުރާ މީހުންނާއި ދެކޮޅަށް ބާރުގެ ބޭނުން ކުރަން ޖެހިދާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެފަދަ ހާލަތައް ދިއުމުގެ ކުރިން ސުލްހަވެރިކަމާއިއެކު ހުރިހާ ފަރާތްތަކަކުން ވެސް ގްރީން ޒޯން ދޫކޮށް ދިއުމަށް އަންގާ ކަމަށަވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.

ޓެގްސް: އިރާގު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.