މަންކީޕޮކްސް ޖެހިފައިވާ މީހެއްގެ ހަށިގަނޑު

ހަބަރު

ބިދޭސީއަކު މަންކީޕޮކްސްއަށް ޝައްކުކުރެވި އެކަހެރިކޮށްފި

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 28 ޖުލައި 2022 , ބުރާސްފަތި 18:21   441

މަންކީޕޮކްސް އަށް ޝައްކުކުރެވޭ މީހަކު ފެނިފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެހްޕީއޭ) އިން ބުނެފިއެވެ.

ހަލުވިކަމާއިއެކު ދުނިޔޭގެ އެކިކަންކޮޅުތަކުގައި ފެތުރެމުން އަންނަ މަންކީޕޮކްސް ނުވަތަ މަކުނުވިދުރި ބައްޔަކީ ޗިކެންޕޮކްސްގެ ވައްތަރެކެވެ.

އެޗްޕީއޭ އިން ބުނެފައިވަނީ ބަލީގެ ޢަލާމާތްތައް ފެނުމާއިއެކު ބިދޭސީއަކު އެކަހެރިކޮށް ރައްކާތެރިކަމުގެ ފިޔަވަޅު އަޅާފައިވާކަމަށެވެ. މީގެ ކުރިންވެސް މިފަދަގޮތަކަށް ޝައްކުކުރެވިގެން ޓެސްޓުކުރެވުނު ނަމަވެސް ބަލި މިހާތަނަށް ރާއްޖެއިން ފެނިފައި ނުވެއެވެ.

ދައުރުވަމުންދާ މަޢްލޫމާތުތަކަށް ބަލާލާއިރު އެއީ ޝައްކު ކުރެވޭ ބިދޭސީ މީހާއަކީ ޓްރީޓޮޕް ހޮސްޕިޓަލުގެ މުވައްޒިފެކެވެ.

ޓެގްސް: ބަލިމަޑުކަން މަންކީޕޮކްސް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.