ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޮޑީ އާއިއެކު

ހަބަރު

އިންޑިއާ ސަރުކާރުގެ ދަޢުވަތަކަށް ރައީސް ސޯލިހް ހޯމަދުވަހު އިންޑިއާއަށް

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 28 ޖުލައި 2022 , ބުރާސްފަތި 18:54   241

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިޙްއަށް ރަސްމީ ދަތުރުފުޅެއްގައި އިންޑިއާ އަށް ވަޑައިގަތުމަށް ދަޢުވަތު އަރުވާފައިވާކަމަށް، އިންޑިއާގެ ދާޚިލީ ވުޒާރާ އާއި ޙަވާލާދީ، އިންޑިއާގެ ނޫސްތަކުން ބުނެފިއެވެ.

މިގޮތުން އެމަނިކުފާނު އިންޑިއާއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ ހަފްތާގެ ހޯމަދުވަހުއެވެ. އަދި މިދަތުރުފުޅުގައި ތިން ދުވަހު އިންޑިއާގައި މަޑުކުރައްވާނެއެވެ.

އިންޑިއާގެ ނޫސްތަކުން ބުނެފައިވަނީ މި ދަތުރުގެ މަޤްސަދަކީ މިހާރު ހެދިފައިވާ އެއްބަސްވުންތަކާއި ކުރިއަށް ގެންދެވޭ މަސައްކަތްތައް މުރާޖާކުރުމާއި، ގުޅިގެން ކުރާ މަސައްކަތްތައް އިތުރަށް ވަރުގަދަ ކުރުން ކަމަށެވެ.

މިދަތުރުފުޅުގެ ތެރެއިން ރައީސް ސޯލިޙް، އިންޑިއާގެ ރައީސް ޑްރައުޕަޑީ މުރްމޫ އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޮޑީ އާއި ބައްދަލުކުރައް ވާހަކަފުޅުދައްކަވާނެއެވެ.

މިދަތުރުފުޅުގައި ރައީސް ސޯލިޙް އާއިއެކު މަތީ ފެންވަރުގެ ވަފްދެއް ވައިވެރިވެވަޑައިގަންނަވާނެ. މިއީ އޯގަސްޓް މަހުގެ 1-4 އަށް ރައީސް ސޯލިޙް ކުރައްވާ ރަސްމީ ދަތުރެއް. ރަސްމީ ބައްދަލުވުންތަކުގެ އިތުރުން، ރައީސް ސޯލިޙް، މުމްބާއި އަށް ވަޑައިގެން، ވިޔަފާރި ޑެލިގޭޝަންތަކާއި ވެސް ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވާނެ.

~ އިންޑިއާގެ ޚާރިޖީ ވަޒީރު، އެސް ޖަޔާ ޝަންކަރު

ޓެގްސް: އިންޑިއާ ރައީސް އިބްރާހިމް މުޙައްމަދު ޞޯލިޙް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.