އެކެރިކާގެ ދެކުނުއިރުމަތީ ސްޓޭޓެއް ކަމަށްވާ ކެންޓަކީގައި ބޯކޮށް ވާރޭވެހުމުގެ ސަބަބުން ފެން ބޮޑުވެއްޖެއެވެ.
ކެންޓަކީގައި ވާރޭ ވެހެން ފަށާފައިވަނީ ހުކުރު ދުވަހުން ފެށިގެންނެވެ. އެ ސްޓޭޓްގެ ގަވަރުނަރާއި ޙަވާލާދީ ސީއެންއެން އިން ބުނެފައިވަނީ، މިފެންބޮޑުވުމުގައި މިހާތަނަށް 25 މީހަކު މަރުވެފައިވެއެވެ. އަދި މަރުވެފައިވާ މީހުންގެ ޢަދަދު މިއަށްވުރެވެސް ބޮޑުވާނެކަމަށް ލަފާކޮށްފައިވެއެވެ.
އަދި 250 ހާ މީހުން މިހާތަނަށް ވީނުވީއެއް ނޭނގި ގެއްލިފައިވެއެވެ. ފެންބޮޑުވުމުގެ ސަބަބުން އެސްޓޭޓްގެ ގިނަ ސަރަޙައްދުތަކުން، ފޯނާއި ކަރަންޓުގެ ޚިދުމަތްތައް ވަނީ މެދުކެނޑިފައެވެ. އަދި ގިނަ މަގުތައް ވެސް ހުރީ ބަންދުވެފައެވެ.

ޚަބަރުތައް ބުނާގޮތުން، ފާއިތުވެދިޔަ 100 އަހަރުވެސް މިފަދަ ފެންބޮޑުވުމަކާއި އެސްޓޭޓުން ކުރިމަތިލާން ޖެހިފައިނުވެއެވެ. ވަރަށް ގިނަ ގެތައް ވަނީ ފެނާއެކު ރޫޅިގެން ގޮސް ވިއްސި ވިހާލިވެފައެވެ.