ރާއްޖޭގެ މޫސުން ކުރައަށް އޮތް ދުވަސްތަކުގައި ގޯސްވާނެ

ހަބަރު

ކުރިއަށް އޮތް 3 ދުވަހު މޫސުން ގޯސްވާނެ- މެޓް އޮފީސް

ދާނިޝް - ދިވެހި ރާއްޖެ | 30 ޖުލައި 2022 , ހޮނިހިރު 12:41   338

މިހާރު ރާއްޖޭގެ ސަރަޙައްދުގައި ކުރަމުންދައި ހުޅަނގު މޫސުމުގެ ބާރު ގަދަވެ ކުރިއަށް އަތް އޮތް 3 ދުވަހުގެ މޫސުން ގޯސްވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ދިވެހި ރާއްޖޭގެ މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

އެ އިދާރާއިން ވިދާޅުވި ގޮތުގައި ކުރިއަތް އޮތް 3 ދުވަހުގެ ތެރޭގައި ރާއްޖޭގެ ބޮޑު ބަޔަކަށް ބޯކޮށް ވިއްސާރަކުރުމާއި އެކު ގުގުރާނެކަމަށް ވެސް ލަފާކުރެވޭ ކަމުގައެވެ. ޙާއްސަގޮތެއްގައު މެދު ރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ވައިގަދަވެ ކަނޑުތައް ވަރަށް ބޮޑަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް އެ އިދާރާއިން މައުލޫމާތު ދެއެވެ. މި އާއިއެކު ހުރިހާ ފަރާތްތަކުން، ޙާއްސަކޮށް ކަނޑުދަތުރުފަތުރު ކުރައްވަވާ ބޭފުޅުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސަކޮށްފައެވެ. މިއަދާއި މާދަމާގެ މޫސުމަށް ބަލާއިރު ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ ކޮށް ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވެއެވެ. އަދި ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާ، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކުރައްވައެވެ.

އަދި ކަނޑު ގަދަވެ ރާޅުގެ އުސްމިނުގައި 4 ފޫޓާއި 7 ފޫޓް ހުންނާނެކަމަށް ލަފާކުރެވޭކަމަށްވެސް އެ އިދާރާއިން ވިދާޅުވެއެވެ. .ފުލުހުން ވިދާޅުވީ، މި ދުވަސްވަރަކީ ޗުއްޓީ ދުވަސްވަރަށްވުމުން އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން އިތުރުވެފައިވާ ދުވަސްވަރެއް ކަމުން، ދަތުރަކަށް ފެށުމުގެ ކުރިން މޫސުމަށް ބެލުމަށާއި އަމިއްލަ ރައްކާތެރިކަމަށް ވިސްނުމަށް ފުލުހުން ވެސް ވަނީ އިލްތިމާސް ކުރައްވާފައެވެ.

ޓެގްސް: ވިއްސާރަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.